
ބީއެމްއެލްއިން މިދިޔަ އަހަރު 565 މިލިއަން ޑޮލަރު ވިއްކި، ކުރީ އަހަރަށްވުރެ %70 އިތުރު

ރިޟްވާން މޫސާ - 25 މާރިޗު 2026 - 13:15
ބޭންކް އޮފް މޯލްޑިވްސް އިން މިދިޔަ އަހަރު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 70 ޕަސެންޓް އިތުރަށް ޑޮލަރު ވިއްކާފައިވާ ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަމުން ޝަރީފު ވިދާޅުވީ 2025 ވަނަ އަހަރު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 565 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށެވެ.
ކާޑު ލިމިޓްތަކަށް ގެނައި ހެޔޮ ބަދަލާއެކު ކަސްޓަމަރުން ބޭނުންވާ ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް އެހީތެރިވުމުގައި ބޭންކުން އޮތް މިންވަރު ހާމަކޮށްދެނީ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުނެވެ.
މިދިޔަ އަހަރު ބީއެމްއެލް ކާޑުތަކުން އޭޓީއެމް، ޕީއޯއެސް އަދި އީކޮމާސް ހިމެނޭހެން ރާއްޖެއިން ބޭރުންކޮށްފައިވާ މުއާމަލާތްތަކުގެ ޖުމްލަ އަދަދު 524 މިލިއަން ޑޮލަރަށް އަރައެވެ. މިއީ އޭގެ ކުރީއަހަރާ އަޅާބަލާއިރު 200 މިލިއަން ޑޮލަރަށް ވުރެ އިތުރު އަދަދެކެވެ.
ކުރިން ވިޔަފާރިތަކަށް ބޭނުންވާ ޓީޓީއަށް ދޫކުރެވެނީ %5 ނަމަވެސް، މިދިޔަ އަހަރު ތެރޭ ބެންކުން ވަނީ ވިޔަފާރިތަކުން ހަދާ ޓީޓީއަށް ޑޮލަރު ދޭމިންވަރު %50 އާ ހަމަޔަށް އިތުރުކޮށްދީފައެވެ.
މި ހެޔޮ ބަދަލުތަކާއެކު ބޭންކަށް ވެސް ވިޔަފާރިތަކަށްވެސް އަދި އާންމުފަރުދުންނަށްވެސް އޭގެ މަންފާ ކުރަމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެމްއެލްގެ ފައިދާ އިތުރު ކުރީ ވިޔަފާރި އިތުރަށް ފުޅާކޮށްގެން – ސީއީއޯ
7 ގަޑިއިރު ކުރިން

ބޭންކަކީ ހަމައެކަނި މާލީ މުއައްސަސާއެއް ނޫން އެއީ ގައުމީ ތަރައްގީގެ ބައިވެރިއެއް – ބީއެމްއެލް ސީއީއޯ
11 ގަޑިއިރު ކުރިން

ސްކޭމް ގެ ގޮތުގައި ގެއްލުނު 1 ލައްކަ އަށްވުރެ ގިނަ ރުފިޔާ ހޯދައިފި
11 ގަޑިއިރު ކުރިން

ހުޅުމާލޭގައި ގޯތިތައް ދިހަ ބުރިއަށް އިމާރާތްކުރެވޭ ގޮތް ހަދައިފި
11 ގަޑިއިރު ކުރިން


.gif&w=3840&q=75)