
ބީއެމްއެލްގެ ފައިދާ އިތުރު ކުރީ ވިޔަފާރި އިތުރަށް ފުޅާކޮށްގެން – ސީއީއޯ

ރިޟްވާން މޫސާ - 25 މާރިޗު 2026 - 13:04
ބެންކް އޮފް މޯލްޑިވްސް އިން ފައިދާ އިތުރުކުރަނީ އިންޓަރެސްޓާއި ފީތައް އިތުރުކޮށްގެން ކަމަށް ބުނެ އަބަދުވެސް ވާހަކަ ދައްކާ ކަމަށާއި އެހެންނަމަވެސް ބޭންކުން މިދިޔަ އަހަރު ފައިދާ އިތުރުކޮށްފައިވާނީ ވިޔަފާރި އިތުރަށް ފުޅާކޮށްގެންކަމަށްކަމަށް ބެންކު އޮފް މޯލްޑިވްސް އިން ބުނެފި އެވެ
ޕީއެސްއެމްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފު ދައްކަވަމުން ބެންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ " މިދިޔަ އަހަރު އަޅުގަނޑުމެން މުޅިން އަލަށް 10 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު ދޫކުރި ކަމަށެވެ
ޝަރީފް ވިދާޅުވީ މިއީ ބެންކުގެ 43 އަހަރުވީ ދިގު ތާރީހުގައި އަހަރެއްގެ ތެރޭ އެންމެ ގިނަ ލޯނު ދޫކުރި އަހަރު ކަމަށާއި، އެއާ އެކީގައި ބީއެމްއެލްގެ ނެޓް ލޯންސް އެންޑް އެޑްވާންސަސް 25.2 ބިލިއަން ރުފިޔާއަށް އަރާފާއިވާ ކަމަށެވެ.
މިއީ މީގެ ކުރީ އަހަރާއި އަޅާ ބަލާއިރު 25 އިންސައްތައިގެ ކުރިއެރުމެއް ކަމަށް ޝަރީފް ވަނީ ފާހަގަ ކުރައްވާފަ އެވެ.
މީގެ އިތުރުން ލޯނު ނުދައްކާ ނިސްބަތް އޭގެ ކުރީ އަހަރާ އަޅާބަލާއިރު 1 އިންސައްތަ ދަށް ކުރެވުނު ކަމަށްވެސް އެމަނިކުފާނުގެ ވާހަކަ ފުޅުގައި ފާހަގަ ކުރެއްވެވި އެވެ. މީގެ އިތުރުން ރައުސްމާލުގެ ފުދުންތެރިކަން ހުންނަންޖެހޭ ރޭޝިއޯ %48.1 ގައި ކަމަށާއި މިއީ ގާނޫނީގޮތުން ލާޒިމްކުރާ މިންގަނޑަށްވުރެ ހަތަރު ގުނަ އިތުރު އަދަދެއް ކަން ސީއީއޯ ފާހަގަކުރެއްވިއެވެ.
މިދިޔަ އަހަރު ފާހަގަކޮށްލެވެނީ ބޭންކަށް ގިނަ އަދަދެއްގެ ކަސްޓަމަރުންވެސް ގުޅުނު އަހަރެއްގެ ގޮތުގައެވެ. އެގޮތުން މދިޔަ އަހަރު މުޅިން އަލަށް 30،000 ކަސްޓަމަރުން ބީއެމްއެލްއާ ވަނީ ގުޅިފައެވެ.
މިދިޔަ އަހަރު ކަސްޓަމަރުންގެ ޑިޕޮސިޓް 16 ޕަސެންޓްގެ އިތުރުވުމާއެކު މިހާރު ހުރީ 37.2 ބިލިއަންގައި ކަމަށް ސީއީއޯ ވިދާޅުވިއެވެ. މިއިން ދައްކުވައިދެނީ ބޭންކުގެ ކަންކަން ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތްތަކާއި އެކު ބީއެމްއެލްއަށް ކަސްޓަމަރުން ކުރާ އިތުބާރު ބޮޑުވަމުން އަންނަކަންކަން ސީއީއޯ ފާހަގަކުރެއްވިއެވެ.
ގައުމީ ބޭންކުން ވަނީ މާލީގޮތުން ވެސް ފުރިހަމަ ކާމިޔާބެއް މިދިޔަ އަހަރު ހާސިލްކޮށްފައެވެ. އެގޮތުން ޓެކުހަށް ކެނޑުމަށް ފަހު ސާފުފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ކުރީ އަހަރާއި އަޅައިބަލާއިރު 10 ޕަސެންޓްގެ ކުރިއެރުމެކެވެ.
މިކުރިއެރުން ފާހަގޮށް ސީއީއޯ ވިދާޅުވީ، "ގައުމީ ބޭންކަކީ މާލީ ގޮތުން އެންމެރަނގަޅު ނަތީޖާ ހޯދުމާއެކު އިޖުތިމާއީ ގޮތުންވެސް މުޅި ގައުމަށް ހެޔޮބަދަލެއް ގެނެސްދެވޭނެ މުއައްސަސާއެއްކަން އަޅުގަނޑުމެން މިވަނީސާބިތުކޮށްދީފަ.
ގުޅުން ހުރި ޙަބަރުތައް

ބީއެމްއެލްއިން މިދިޔަ އަހަރު 565 މިލިއަން ޑޮލަރު ވިއްކި، ކުރީ އަހަރަށްވުރެ %70 އިތުރު
8 ގަޑިއިރު ކުރިން

ބޭންކަކީ ހަމައެކަނި މާލީ މުއައްސަސާއެއް ނޫން އެއީ ގައުމީ ތަރައްގީގެ ބައިވެރިއެއް – ބީއެމްއެލް ސީއީއޯ
13 ގަޑިއިރު ކުރިން

ސްކޭމް ގެ ގޮތުގައި ގެއްލުނު 1 ލައްކަ އަށްވުރެ ގިނަ ރުފިޔާ ހޯދައިފި
13 ގަޑިއިރު ކުރިން

ހުޅުމާލޭގައި ގޯތިތައް ދިހަ ބުރިއަށް އިމާރާތްކުރެވޭ ގޮތް ހަދައިފި
13 ގަޑިއިރު ކުރިން


.gif&w=3840&q=75)