logo

ބޭންކަކީ ހަމައެކަނި މާލީ މުއައްސަސާއެއް ނޫން އެއީ ގައުމީ ތަރައްގީގެ ބައިވެރިއެއް – ބީއެމްއެލް ސީއީއޯ

profile

ރިޟްވާން މޫސާ - 25 މާރިޗު 2026 - 09:14

ގައުމީ ބޭންކަކީ ހަމައެކަނި މާލީ މުއައްސަސާއެއް ނޫންކަމަށާއި އެއީ ގައުމީ ތަރައްގީގެ ބައިވެރިއެއް ކަމަށް ބީއެމްއެލްގެ ސިއީއޯ އަދި މެނޭޖިންގ ޑިރެކެޓަރ މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޕީއެސްއެމްގެ 'ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަމުން ސީއީއޯ ވިދާޅުވީ ގައުމީ ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލްއަކީ ތަރައްގީގެ މުހިއްމު ބައިވެރިއެއް ކަމަށާއި ސަރުކާރާއިއެކު ބާއްވާ ގުޅުމުގެ އަސްލަކީ ދެ ފަރާތުން ހިއްސާކުރާ އެއް ތަސައްވުރެއް ކަމަށެވެ.

" އެއީ ހަރުދަނާ، އެންމެންހާ ދިވެހިންނަށް ޝާމިލުވެވޭ، އަދި ފާގަތިރާއްޖެއެއް ބިނާކުރުމުގެ ތަޞައްވަރެއް." ކަމަށް ސީއީއޯ ވިދާޅުވިއެވެ.

ސަރުކާރާއެކު ކުރެވިފައިވާ މުހިއްމު ބައެއް މަސައްކަތްތައް ވެސް ސީއީއޯ ފާހަގަކުރެއްވިއެވެ. އެގޮތުން މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް މަޝްރޫޢަކީމީގެ އެންމެ ފުރިހަމަ އެއް މިސާލެއް ކަމަށް ސީއީއޯ ވިދާޅުވިއެވެ.

ބީއެމްއެލް އިން ވަނީ 9 މަސް ތެރޭ 105 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް މީހުން ދިރިއުޅޭ ހުރިހާ ރަށަކުން މި ޚިދުމަތް ލިބޭނެ މަގަ ފަހިކޮށްފައެވެ.

އަދި މިކަން ކޮށްފައިވަނީ ކުރީގައި އޭޓީއެމް ބަހައްޓަމުން އައި އަގާ އަޅާ ބަލާއިރު33 އިންސައްތަ ކުޑަކޮށްކަމަށް ސިއީއޯ ވިދާޅުވިއެވެ. އަދި މި ޕްރޮޖެކްޓްގެ އިންވެސްޓްމެންޓް ބޮޑު ބައެއްވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސީއީއޯ ވިދާޅުވިއެވެ. މީގެ ނަތީޖާއަކީ އޭޓީއެމަށް ޖަމާކުރާ ފައިސާ އިތުރުވެ މާލީ ނިޒާމް ތެރެއަށް ފައިސާވަނުން ކަން ޝަރީފް ފާހަގަކުރެއްވިއެވެ.

މި ޕްރޮގްރާމްގައި ޝަރީފު ވަނީ ބީއެމްއެލް އިމާރަތްކުރާ އަގުހެޔު ފްލެޓާއި ބެހޭގޮތުން ވެސް ވާހަކަ ދައްކާފައެވެ. ބީއެމްއެލްގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ޕްރައިވެޓްލިމިޓެޑްއިން ދަނީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ކުންފުނިތައް މެދުވެރިކޮށް 3260 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތްކުރަމުންނެވެ.

މީގެ ސަބަބުން ދިވެހި އާއިލާތަކަށް ލިބޭނެ ފައިދާއަކީ ހެޔޮ އަގެއްގައިބޯހިޔާވަހިކަން ކަށަވަރުވެ، ގިނަ ދުވަސްތަކެއްވަން ދެން ދެކެމުން އައިއަމިއްލަ ބޯހިޔާވަހިކަމުގެ ހުވަފެން ހަޤީޤަތަކަށްވާނެ ކަމަށް ސީއީއޯ ވިދާޅުވިއެވެ.

ގައުމުގެ އިގްތިސާދުގައި ބޭންކުގެ ދައުރު ފާހަގަކުރައްވާ ސީއީއޯ ވިދާޅުވީ ދިވެހި ރާއްޖޭގެ އިގްތިސާދީ އޮނިގަނަޑަށް ބަލާއިރު ބީއެމްއެލްގެ ޖުމްލަ އެސެޓް މުޅި ދިވެހި ރާއްޖޭގެ ޖީޑީޕީގެ 38 ޕަސެންޓް ތަމްސީލުކުރާ ކަމަށެވެ. އެހެންކަމުން ގައުމީ ބޭންކުގެ ހައިސިއްޔަތުން ސަރުކާރާއިއެކު ގާތުން މަސައްކަތްކުރުމަކީ ބޭންކަށް ސްޓްރެޓްޖެކްލީ ވަރަށް މުހިއްމުކަމެއްކަމަށް ސީއީއޯ ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk