logo

ހުޅުމާލޭގައި ގޯތިތައް ދިހަ ބުރިއަށް އިމާރާތްކުރެވޭ ގޮތް ހަދައިފި

profile

ރިޟްވާން މޫސާ - 25 މާރިޗު 2026 - 09:13

ހުޅުމާލޭގެ ބޮޑެތި ގޯތިތައް 10 ފަންގިފިލާއަށް އިމާރާތްކުރެވޭ ގޮތަށް ހަދައި، ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ޝާއިއުކޮށްފިއެވެ.

https://wamco.com.mv/

ހުޅުމާލެއިން ދޫކޮށްފައިވާ ބިންތަކުގައި އިމާރާތް ކުރުމުގެ އުސޫލުގެ ތެރެއިން އެކުލަވާލި މި ގަވާއިދަކީ ތަރުތީބުވެފައިވާ އާބަން ތަރައްގީއަކަށް މަގުފަހިކުރުމަށާއި، ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ އިތުރުން ބިންވެރިންނާއި ޑިވެލޮޕަރުންނަށް ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމަށް އެކުލަވާލާފައިވާ ގަވާއިދެކެވެ.

ބިމާބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ މި ގަވާއިދުގައި ހުޅުމާލޭގެ ރެސިޑެންޝަލް ޕްލޮޓްތަކުގައި އިމާރާތްކުރުމުގެ އިޖުރާއަތްތަކާއި މިންގަނޑުތައް ބަޔާންކޮށްފައިވާއިރު، މި ގަވާއިދު ތަންފީޒުކުރާނީ ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިންނެވެ.

ހުޅުމާލެއިން ދޫކޮށްފައިވާ ގޯތި ތަކުގައި ނުވަތަ ބިންތަކުގައި ދިހަ ބުރިއަށް އިމާރާތް ކުރުމަށް ޑިޒައިންކޮށް ކުރެހުމަށްފަހު އެޕްރޫވަލް ހޯދަން ޖެހޭނީ އެޗްޑީސީންނެވެ.

މި ބަދަލާއި ގުޅިގެން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާއިން ބުނީ މިއީ ތަރައްގީގެ މަސައްކަތްތައް ހަރުދަނާ އަދި ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށް އެޅުނު ފިޔަވަޅެއްކަމަށެވެ.

މީގެ އިތުރުން، ބިންތަކުގެ އިންވަކިކުރާ ފާހަގަތައް ޖެހުމާއި، ބޭނުންވެއްޖެ ހާލަތެއްގައި އަލުން ޖަހައިދިނުމަކީ އެޗް.ޑީ.ސީގެ ޒިންމާއެއް ކަމަށް މި ގަވާއިދުގައި ކަނޑައަޅާފައިވެއެވެ.

އަލަށް އެކުލަވާލި މިގަވައިދުގެ ދަށުން އިމާރާތުގެ އުސްމިނަށް ބަލައި، ވަކި ފަންގިފިލާތަކެއްގައި ދިރިއުޅުމުގެ އިތުރުން ހުއްދަދެވޭ ވިޔަފާރިތައް ހިންގުމުގެ ފުރުސަތު ލިބިގެންދެ އެވެ.

މި ގަވާއިދުގައި އިމާރާތުގެ ބައްޓަމާއި ބިން ބޭނުންކުރާނެ ގޮތުގެ ތަފްސީލީ މިންގަނޑުތަކެއް ވެސް ވަނީ ހިމަނާފައެވެ.

އެގޮތުން، އެޗް.ޑީ.ސީ އިން އާންމުކުރާ ސެޓްބެކް ޕްލޭންތަކާ އެއްގޮތަށް ބިންތައް ތަރައްގީކުރަންޖެހޭއިރު، އިމާރާތްތަކުގެ އެންމެ އުސްމިނަކީ 30.5 މީޓަރު ކަމަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، 901 އަކަފޫޓަށްވުރެ ބޮޑެތި ގޯތިތައް 30.5 މީޓަރަށް ނުވަތަ 10 ފަންގިފިލާއަށް އިމާރާތްކުރުމުގެ ހުއްދަ ދެވޭ ގޮތަށް ގަވާއިދުގައި ހިމަނާފައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk