logo

ސްކޭމް ގެ ގޮތުގައި ގެއްލުނު 1 ލައްކަ އަށްވުރެ ގިނަ ރުފިޔާ ހޯދައިފި

profile

ރިޟްވާން މޫސާ - 25 މާރިޗު 2026 - 09:14

މިދިޔަ ހަފްތާގައި ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށައެޅިފައިވާ ސްކޭމްގެ މައްސަލަތަކުން 1 ލައްކައަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދާފައިވާކަމަށް އެ ޚިދުމަތުން ހާމަކޮށްފިއެވެ.

https://wamco.com.mv/

ސްކޭމް އާއި ގުޅޭ 51 މައްސަލަ އެއް ފުލުހުންގެ އިދާރާއަށް ހުށައެޅިފައިވާއިރު ފުލުހުން ދަނީ މި މައްސަލަތައް ތަހުގީގު ކުރަމުންނެވެ.

އެންޓި ސްކޭމް ސެންޓަރުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މާރިޗު މަހުގެ 15 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހާ ހަމައަށް މުޅި ޖުމުލަ 51 މައްސަލައެއްވަނީ ހުށައަޅާފައިއެވެ.

އެ މައްސަލަ ތަކުގައި ޖުމްލަ 338،809.30 ރުފިޔާ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާއިރު، އޭގެތެރެއިން އަނބުރާ ހޯދާފައިވަނީ 124،277.00 ރުފިޔާ އެވެ.

ސްކޭމްގެ މައްސަލަތައް މި ފަހަކަށް އައިސް ވަރަށޤ ބޮޑުތަނުން އިތުރުވެފައިވާއިރު އެންމެ ގިނައިން ފުލުހުންނަށް ހުށައެޅީފައި ވަނީ އޮންލައިން ވިޔަފާރިތަކާއި ގުޅުން ހުރި ނުވަތަ އީ-ކޮމަރސް ގެ މައްސަލަ ތަކެވެ.

އޮންލައިން ވިޔަފާރިތަކާއި ގުޅުން ހުރި 27 މައްސަލަ އެއް މިވަގުތުވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އާއްމުކޮށްފައިވާ މައުލޫމާތުން ދައްކާގޮތުގައި ސްކޭމުގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވަނީ، އޮންލައިން މެސެޖިން މަންސާތަކާއި، އައިބޭ، ފޯނުކޯލާއި، އެކި ކަހަލަ ލިންކުތަކުގެ އިތުރުން ފޭސްބުކް މާކެޓް ޕްލޭސްއެވެ.

އޮޅުވާލައިގެން ފައިސާ ހޯދުމާއި، ޕްރޮމޯޝަންގެ ފަދަ ކަންކަމުން ނަސީބުވެރި ފަރާތެއްކަމަށް ބުނެ މީހުންގެ ޒާތީ މައުލޫމާތު ހޯދުމަށްފަހު ފައިސާ ފޭރެމުން އަންނަ މައްސަލަތައް އިތުރުވަމުންދާތީ ފުލުހުން ވަނީ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކަށް ހިއްސާ ނުކުރުމަށް އިސްތިމާސް ކުރައްވާފަ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk