އިމިގްރޭޝަނުން މިއަދު ކުރިއަށް ގެންދިޔަ އޮޕްރޭޝަންގެ ތެރެއިން
އަނެއްކާވެސް ގަވައިދާ ޙިލާފު 8 ބިދޭސީއަކު އިމިގްރޭޝަނަށް!

ރިޟްވާން މޫސާ - 27 އޭޕްރީލު 2026 - 11:51
އަނެއްކާވެސް ގަވައިދާ ހިޅާފަށް ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 8 މީހަކުި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ
ރާއްޖޭގައި ގަވައިދާ ޙިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިން އެމީހުންގެ ގައުމަށް އަނބުރައި ފޮނުވާ ލުމަށް ސަރުކާރުން ވެސް ވަނީ ހާއްސަ އިސްކަމެއް ދެއްވާފަ އެވެ. އެގޮތުން އިމިގްރޭޝަން އިން ދަނީ ބިދޭސީ މަސައްކަތްތެރިން މަސައްކަތް ކުރާ ސަރަހައްދުތަކާއި، މަސައްކަތުގެ އެކިއެކި ސައިޓްތައް ވެސް އިންޕެކްޓް ކުރަމުންނެވެ.
އިމިގްރޭޝަނުން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ހާއްސަ އޮޕްރޭޝަނެއްގައި ވަނީ ޖުމްލަ 19 ބިދޭސީ އަކު ބަލައި ފާސްކޮށްފަ އެވެ. އަދި އޭގެ ތެރެއިން 8 މީހަކު ރާއްޖޭގައި ނުގަވައިދުން އުޅޭކަން ފާހަގަ ކުރެވުމުން އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސްފަ އެވެ.
ބިދޭސީންގެ މައްސަލަ ބޮޑުވުމުގެ ސަބަބުން ރާއްޖެއަށް ދަނީ، އިޖްތިމާޢީ އަދި އިޤްތިޞާދީ އެތައް މައްސަލަތަކެއް ކުރިމަތިވަމުންނެވެ. މިކަމަށް ޙައްލެއް ގެނައުމަށް ބިދޭސީންގެ މަޢުލޫމާތު އެއްކޮށް ޤަވާއިދާ ޚިލާފަށް އުޅޭ އަދި ޤަވާއިދާ ޚިލާފަށް ދިވެހީންގެ ނިވަލުގައި ތިބެ އެކި ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދައި ފިޔަވަޅު އެޅުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.
ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ހިންގާ އޮޕަރޭޝަންގެ ދަށުން ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ވަނީ އެއްކޮށްފައެވެ. މިހާތަނަށް ފުރިހަމަ މަޢުލޫމާތު ނުދޭ ބިދޭސީން އަންނަ މަހުގެ 2 ވަނަ ދުވަހުން ފެށިގެން ޑީޕޯޓްކުރަން ފަށާނެ ކަމަށްވެސް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ހަރަކާތްތެރިވާ ބިދޭސީ މަސައްކަތްތެރިން ތިބެން ވާނީ ސައްޙަ ވިސާ އަކާ އެކު އެމީހަކު މަސައްކަތް ކުރުމަށް ހާއްސަކޮށްފައިވާ މަސައްކަތުގެ ސައިޓުގަ އެވެ ނަމަވެސް މިފަހަކަށް އައިސް ބިދޭސީ މަސައްކަތްތެރި އަތޮޅުތެރެ އާއި މާލެ ސަރަހައްދުގެ އެކިއެކި ތަންތަނުގައި ވިޔަފާރިތައް ހަދައިގެން ދިރިއުޅެމުންދާ ކަން އިތުރުވެފައިވާ ކަން ވަނީ ފާހަގަކުރެވިފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ގ.ހިޔާރޯދިގޭގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން މީހެއްގެ މައްޗަށް ދައުވާ ކުރަނީ
2 ގަޑިއިރު ކުރިން

ހަނގުރާމަ ހުއްޓާލައި އެއްބަސްވުމަކަށް އައުމަށް އެމެރިކާއިން އެދިފި
2 ގަޑިއިރު ކުރިން

ޔަހޫދީން ލުބްނާނުން 14 މީހަކު ޝަހީދުކޮށްލައިފި
3 ގަޑިއިރު ކުރިން
ސަޢުދީ ޢަރަބިއްޔާއިން ހަދިޔާކުރި ކަދުރު ބަހަން ފަށައިފި
ދުވަހެއް ކުރިން


.gif&w=3840&q=75)