logo
އިސްރާއީލުން ލުބުނާނަށް ދެމުންގެންދާ ބޮމުގެ ހަމަލާ: ފޮޓޯ ރޮއިޓާރސް

އިސްރާއީލުން ލުބުނާނަށް ދެމުންގެންދާ ބޮމުގެ ހަމަލާ: ފޮޓޯ ރޮއިޓާރސް

ޔަހޫދީން ލުބްނާނުން 14 މީހަކު ޝަހީދުކޮށްލައިފި

profile

ރިޟްވާން މޫސާ - 27 އޭޕްރީލު 2026 - 11:23

ޔަހޫދީން ލުބްނާނަށް ދިން ނިރުބަވެރި ޙަމަލާތަކެއްގައި 14 މީހަކު ޝަހީދުކޮށްލުމާ ގުޅިގެން، އެ އެއްބަސްވުމަކީ އެއްވެސް މާނައެއް ނެތް އެއްޗެއް ކަމުގައި މުޖާހިދުންގެ ޖަމާޢަތް ޙިޒްބުالله އިން ބުނެފިއެވެ.

https://wamco.com.mv/

ލުބުނާނުގެ ސަރުކާރާއި، ޔަހޫދީ އިސްރާއީލާ އެކު ހަމަލާ ބަދަލުކުރތުން ހުއްޓައިލުމަށް ވަނީ އެއްބަސްވެފަ އެވެ. އަދި މިއެއްބަސްވުން ތިން ހަފްތާއަށް ދިގުދެމިގެންދާނެ ގޮތަށް ދަމަހައްޓަން އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް ވަނީ ގޮވާލައްވާފަ އެވެ.

ޔަހޫދީ އިސްރާއީލުން އެންމެ ބޮޑަށް އެހީތެރިކަމާއި، މަދަދު ހޯދާ ފަރާތަކީ އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް އެވެ.

ލުބުނާނާއި، ޔަހޫދީންގެ މެދުގައި އޮތް ހަނގުރާމަ ހުއްޓައިލުމަށް ދެފަރާތުން އެއްބަސްވެފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް މެދުވެރިވެގެންނެވެ.

ޔަހޫދީ ފައުޖުގެ ޙަމަލާތަކުގައި ދެ ކުޑަކުދިންނާއި ދެ އަންހެނުން ހިމެނޭހެން 37 މީހަކު ޒަޚަމުކޮށްލާފައިވާއިރު، މިއީ އެޕްރީލު 23 ގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެއްބަސްވުން އިތުރު ތިން ހަފުތާގެ މުއްދަތަކަށް އިތުރުކުރެއްވިކަން އިޢުލާނު ކުރެއްވިތާ މަދު ގަޑިއިރުތަކެއް ފަހުން ހިންގާފައިވާ ޖަރީމާތަކެކެވެ.

ޙިޒްބުالله އިން ވަނީ މި ޙަމަލާތަކުގެ ރައްދުގައި ޔަހޫދީ ފައުޖުގެ އަސްކަރީ ޑްރޯނެއް ވައްޓައިލައި، ލުބްނާންގެ ދެކުނުގެ ބިންތަކަށް އަތްގަދަކޮށްގެން ތިބި ޔަހޫދީ ސިފައިންނަށް ޙަމަލާދީ އެކަކު މަރައިލައި ހަ މީހަކު ޒަޚަމުކޮށްލާފައެވެ.

މާރިޗު 2 އިން ފެށިގެން ހިނގަމުންދާ މި ޙަމަލާ ބަދަލުކުރުންތަކުގައި ލުބްނާނުން މިހާތަނަށް 2,500 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މީގެ ތެރޭގައި 277 އަންހެނުންނާއި، 177 ކުޑަކުދިންގެ އިތުރުން 100 ޞިއްޙީ ޚިދުމަތްތެރިން ހިމެނެއެވެ.

ޙިޒްބުالله އިންވެސް ވަނީ މި މުއްދަތުގެ ތެރޭގައި ޔަހޫދީ ޢާންމުންގެ ދެ މީހަކާއި ސިފައިންގެ 16 މީހުން މަރައިލާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk