
އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް: / ހަނގުރާމަ ހުއްޓައި ސުލްހަވެރިވުމަށް އެދޭން ބޭނުންވާ ކަމަށް ވަނީ ވިދާޅުވެފަ
ހަނގުރާމަ ހުއްޓާލައި އެއްބަސްވުމަކަށް އައުމަށް އެމެރިކާއިން އެދިފި

ރިޟްވާން މޫސާ - 27 އޭޕްރީލު 2026 - 11:51
މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމަ އެއްކޮށް ހުއްޓާލައި ސުލްހަ ގާއިމުކޮށްދިނުމަށް އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް އީރާނުގެ ކިބައިން އެދިފި އެވެ.
މެދުއިރުމަތީގެ ހަނގުރާމަ ފަށާފައި ވަނީ ނިމިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުގަ އެވެ.
ހަނގުރާމަ ފަށާފައިވަނީ އެމެރިކާ އިސްވެ އޮވެ އިސްރާއީލާއެކު ބައިއަތު ހިފައިގެން ދެބައިމީހުން އެކުވެގެންނެވެ. ހަނގުރާމަ އިއުލާނު ކުރައްވަމުން އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް ބުނެފައިވަނީ ހަނގުރާމަ ހުއްޓާނުލާނެ ކަމަށާއި، އީރާނު ފުޑު ފުޑު ކޮށްލާނެ ކަމުގަ އެވެ.
އެމެރިކާ އާއި ޔަހޫދީން ގުޅިގެން ރޭވުމެއްގެ ތެރެއިން އީރާނަށް ދެމުންދިޔަ ހަމަލާތަކުގައި އީރާނުގެ އެންމެ މަތީވެރިޔާ އާޔަތުﷲ އަލީ އަލް ހާމަނާއީ ވަނީ އަވަހާރަކޮށްލާފަ އެވެ.
މެދުއިރުމަތީގެ ހަނގުރާމައިގައި އީރާނުން ވަނީ އެމެރިކާގެ އަސްކަރީ ބޭސްތައް ހުންނަ ހުރިހައި ތަނަކަށް ހަމަލާތައްދީ ގެންލުންތައް ކޮށްފަ އެވެ. އަދި އިސްރާއީލަށް ދެމުން އައި ހަމަލާތަކުގައި އިސްރާއީލުގެ ވެރިކަން ކުރާ ރަށް މުޅިން ހަނަފަސް ސަހަރާއަކަށް ވަނީ ހަދާލާފަ އެވެ.
އީރާނުން ދެމުންދިޔަ ރައްދު ހަމަލާތައް ނުހުއްޓައި ކުރިއަށް ގެންދާނެ ކަމަށާއި،އެމެރިކާ އަށާއި އިސްރާއީލަށް ދަތިކުރުމުގެ ގޮތުން ކުރެވެން ހުރި ހުރިހައި ކަމެއްވެސް ކުރާނެ ކަމަށް އީރާނުން ދަނީ ބުނަމުންނެވެ.
ދެގައުމުގެ ދެމެދުގައި ސުލްހައިގެ ވާހަކަތަކަކަށް ފަހު މިވަގުތު އީރާނުން ވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލާފަ އެވެ. ނަމަވެސް ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހުރުމުޒު ކަނޑުއޮޅި ބަންދުކޮށްފައި އޮތުމުގެ ސަބަބުން އެމެރިކާ އަަށާއި، މުޅި ދުނިޔެ އަށް ވަނީ އިގްތިސާދީ ހީނަރުކަން އައިސްފަ އެވެ.
ތެލުގެ އަގު ބޮޑު ވުމުގެ ސަބަބުން އެމެރިކާގެ ރައްޔިތުން ރުޅިގަދަވެ އެގައުމުގެ ރައީސް ޑޮނަލް ޓްރަމްޕް އަށް ވަނީ ނުރުހުމާއި މަލާމާތް ވެސް ރައްދުކޮށްފަ އެވެ.
ހުޅަނގު އޭޝިޔާގެ މަސްރަޙާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރަޤިޖީ ދާދިފަހުން ވަނީ ޕާކިސްތާނާއި ޢުމާނަށް ދަތުރުފުޅެއް ކުރައްވާފައެވެ. އަދި، އިތުރު މަޝްވަރާތައް ބޭއްވުމަށް ރަޝިޔާއަށް ވަޑައިގަންނަވައި، ރައީސް ވްލަޑިމިޔަރ ޕުޓިންއާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ވިދާޅުވީ، އެމެރިކާއިން ކުރިމަތިކުރަމުންދާ ބިރުދެއްކުންތަކާއި ކަނޑުގެ ޙިޞާރުގެ ދަށުގައި އެއްވެސް މަޝްވަރާއަކަށް ތެހްރާނުން އިޖާބަ ނުދޭނެ ކަމުގައެވެ. އަދި، މަޝްވަރާގެ މޭޒަށް ދިއުމުގެ ކުރިން އެމެރިކާއިން ހުރިހާ ހުރަސްތަކެއް ނައްތައިލުމަށް އޭނާ ވަނީ ބާރުއަޅުއްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ގ.ހިޔާރޯދިގޭގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން މީހެއްގެ މައްޗަށް ދައުވާ ކުރަނީ
2 ގަޑިއިރު ކުރިން
އަނެއްކާވެސް ގަވައިދާ ޙިލާފު 8 ބިދޭސީއަކު އިމިގްރޭޝަނަށް!
2 ގަޑިއިރު ކުރިން

ޔަހޫދީން ލުބްނާނުން 14 މީހަކު ޝަހީދުކޮށްލައިފި
3 ގަޑިއިރު ކުރިން
ސަޢުދީ ޢަރަބިއްޔާއިން ހަދިޔާކުރި ކަދުރު ބަހަން ފަށައިފި
ދުވަހެއް ކުރިން


.gif&w=3840&q=75)