ސަޢުދީ ޢަރަބިއްޔާއިން ހަދިޔާކުރި ކަދުރު ބަހަން ފަށައިފި

ރިޟްވާން މޫސާ - 26 އޭޕްރީލު 2026 - 08:55
ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން ދިވެހިރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބަހަން ފަށައިފިއެވެ. މި ކަދުރުތައް ހަދިޔާކޮށްފައިވައިނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
މި ކަދުރުތައް ހަދިޔާކޮށްފައިވައިނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
މި ކަދުރު އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި ރަސްމީކޮށް ޙަވާލުކުރެއްވުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވަވާފައެވެ.
މި ރަސްމިއްޔާތުގައި ސައުދީ ޢަރަބިއްޔާގެ ފަރާތުން ކަދުރު ޙަވާލުކޮށްދެއްވީ، އެޤައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީއެވެ. އަދި އެ ވުޒާރާގެ ފަރާތުން ކަދުރާއި ޙަވާލުވެލެއްވީ، ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
މިގޮތުން މާލެ ސަރަޙައްދުގައި ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށްދާނީ އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން، އިސްލާމީ މަރުކަޒުގެ ހޯލުގައެވެ. މާލެ ސަރަޙައްދުގައި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މެއި 14 އާއިހަމައަށް ހެނދުނު 9:30 އިން 13:00 އަށެވެ.
މާލެއާއި ހުޅުމާލެއާއި ވިލިމާލޭގެ ގޭބިސީތަކަށް ކަދުރު ބަހާނީ، އެ ގޭބިސީއެއްގެ އެޑްރެސް، ކަރަންޓު މީޓަރުގެ ނަންބަރު އަދި ކަދުރާ ހަވާލުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހުގައިކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ސިޓީތަކާއި ރަށްރަށަކަށް ޢަދަދު ކަނޑައެޅޭނީ ކޮންމެ 100 ގޭބިސީއަކަށް 50 ޕެކެޓުގެ ރޭޓުންކަމަށާއި ރަށްރަށާއި ސިޓީތަކަށް ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތައް މެދުވެރިކޮށްކަމަށް އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ރާއްޖެއަށް ކަދުރު ހަދިޔާ ކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ޑރ. މުޙައްމަދު ޝަހީމް ވަނީ، ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން 2004 ވަނަ އަހަރު މި އެހީ ތަޢާރަފްކުރި ހިސާބުން ފެށިގެން މިވީ 22 އަހަރުގެ ތެރޭގައި ރާއްޖެއަށް މެދުކެނޑުމެއް ނެތި ކަދުރު ހަދިޔާކުރަމުންދާކަން ފާހަގަކުރައްވާފައެވެ.
އަދި މިއީ ސައުދި ޢަރަބިއްޔާއާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުން ދައްކުވައިދޭ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވަނީ، ސައުދި ޢަރަބއިްޔާ ސަރުކާރާއި ރާއްޖޭގައި ހުންނަ އެޤައުމުގެ އެމްބަސީން ދެމުންގެންދާ އެހީތެރިކަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް
އަންހެނުން ބާރުވެރިކުރުމުގެ އައު ބުރެއް! "ވިލުންވެރި ކަނބަލުން" މިއަހަރުވެސް ބާއްވަނީ
3 ގަޑިއިރު ކުރިން

ޝޮޓް ގަން އަކުން ޓްރަމްޕް އަށް ހަމަލާދޭން އުޅެފި
7 ގަޑިއިރު ކުރިން

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، "އުފަކާރަ" ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި
8 ގަޑިއިރު ކުރިން

އެމެރިކާ ރައްޔިތުން ރުޅިގަދަވެ ޓްރަންޕަށް ނުރުހުމާއި މަލާމާތް
18 ގަޑިއިރު ކުރިން


.gif&w=3840&q=75)