logo

އަންހެނުން ބާރުވެރިކުރުމުގެ އައު ބުރެއް! "ވިލުންވެރި ކަނބަލުން" މިއަހަރުވެސް ބާއްވަނީ

profile

ރިޟްވާން މޫސާ - 26 އޭޕްރީލު 2026 - 08:54

މުޖުތަމައުގައި އަންހެނުން ބާރުވެރިކުރުވައި، ފަންނީ ތަމްރީނުތައް ފޯރުކޮށްދިނުމަށް "ވިލުންވެރި ކަނބަލުން" ޕްރޮގްރާމްގެ އައު ބުރެއް މިއަހަރު ބޭއްވުމަށް ނިންމައިފިއެވެ.

https://wamco.com.mv/

މި ޕްރޮގްރާމް ބާއްވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ، އެމްއައިޓީ ގުޅިގެންނެވެ.

މި ތަމްރީނުތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެޗްޑީސީގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލާނެކަމަށް އެ ކުންފުނިން ވިދާޅުވިއެވެ. ރަޖިސްޓްރީވުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 3 ވަނަ ދުވަހެވެ.

މި ތްމްރީން ޕްރޮގްރާމުގް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 7 ވަނަ ދުވަހުގަ އެވެ.

މި ތަމްރީން ޕްރޮގްރާމުގައި އަންހެން ކަނބަލުންނަށް މުހިންމު ކަންތައްތަކެއް ދަސްކޮށްދިނުމަކީ އެންމެ މުހިންމު އެއް މަގުސަދު ކަމުގައި އެޗްޑީސީން ވަނީ ބުނެފަ އެވެ.

އެގޮތުން ގޭތެރޭގައި ބޭނުންކުރާ ކަރަންޓު ސާމާނަށް ދިމާވާ އާންމު މައްސަލަތައް ހައްލުކުރުމުގެ ހުނަރު ދަސްކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ކޮންމެ ކަމެއްގައި އެހެން މީހުންނަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، ފަންނީ ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމަށެވެ. މީގެ އިތުރުން ސައިކަލަށް ދިމާވާ އާންމު މައްސަލަތައް ހައްލުކުރަން ދަސްކޮށްދިނުމަށް މިއަހަރުގެ ތަމްރީނު ޕްރޮގްރާމުގައި ވަނީ ހިމަނާފައެވެ.

މިދިޔަ އަހަރު މި ޕްރޮގްރާމު ބާޢްވާފައިވާއިރު އާނމްމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން މިދިޔަ އަހަރުގެ ޕްރޮގްރާމުގައި ވަނީ 323 ކަނބަލަކު ބައިވެރިވެފަ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk