logo

އެމެރިކާ ރައްޔިތުން ރުޅިގަދަވެ ޓްރަންޕަށް ނުރުހުމާއި މަލާމާތް

profile

ރިޟްވާން މޫސާ - 25 އޭޕްރީލު 2026 - 18:11

އެމެރިކާގައި ތެލުގެ އަގު ދެ ގުނައަށް އުފުލުމުގެ ސަބަބުން އެމެރިކާގެ ރައްޔިތުންގެ ބޮޑު އިންސައްތައް ރުޅިގަދަވެ އެކަމުގެ ނުރުހުމާއި މަލާމާތް އެގައުމުގެ ރައީސް ޑޮނަލް ޓްރަމްޕަ އަށް ކުރަންފަށައިފި އެވެ

https://wamco.com.mv/

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެ ދުނިޔޭގެ އިގްތިސާދަށް މި ކަމުގެ އަސަރު ކޮށްފައި މިވަނީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުންނެވެ.

މެދުއިރުމަތީގެ ހަނގުރާމަ މިވަގުތު ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެމެރިކާ އާއި އީރާނުން އެއްބަސްވެފައިވީ ނަމަވެސް މުޅިން ހަނގުރާމަ ނިމުމަކަށް އައުމުގެ އެއްވެސް އިޝާރާތެއް އީރާނަކުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

އީރާނުން ވަނީ ހަނގުރާމަ އާއި ގުޅިގެން އެމެރިކާ އަށާއި، އެމެރިކާ އަށް ބައިއަތުހިފާ ގައުމުތަކަށް ވެސް އަދި ޔަހޫދީ އިސްރާއީލަށް ވެސް އެގައުމުގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒް ކަނޑުއޮޅިން ނުވަދެވޭނެހެން ނުވަތަ ހުރަސް ނުކުރެވޭނެހެން ބަންދުކޮށްފަ އެވެ.

އީރާނާ ދެކޮޅަށް މެދުއިރުމަތީގައި ހަނގުރާމަ ފަށާފައިވަނީ އެމެރިކާ އިސްވެ އޮވެ ޔަހޫދީ އިސްރާޢީލާއި ގުޅިގެންނެވެ.

ބައިނަލް އަގުވާމީ މީޑިޔާ ރިޕޯރޓްތަކުން ދައްކާ ގޮތުގައި އެމެރިކާގެ ރައްޔިތުންގެ ތެރެއިން ގާތްގަނޑަކަށް 77 އިންސައްތައް މީހުން ވަނީ އެގައުމުގެ ރައީސް ޑޮނަލް ޓްރަމްޕް ދެކެ ނުރުހުން ފާޅުކޮށްފަ އެވެ.

އަންނަ ނޮވެމްބަރު މަހު އޮންނަ އެމެރިކާގެ ކޮންގްރެސްގެ މިޑް-ޓަރމް އިންތިޚާބާ ދިމާކޮށް ރޮއިޓަރސް ނޫހުން ކުރިއަށް ގެންދިޔަ ޕޯލަކުން ދައްކާ ގޮތުގައި، ތެލުގެ އަގު ބޮޑުވުމުގެ ޒިންމާ ސީދާ ޓްރަމްޕް ނަންގަވަންޖެހޭ އެ ޕޯލްގައި ބައިވެރިވި މީހުންގެ 77 އިންސައްތަ މީހުން ޤަބޫލުކުރެއެވެ. މި ޕޯލްގައި ޖުމްލަ 4،557 މީހުން ބައިވެރިވިކަމަށް ރޮއިޓަރސް ނޫހުން ބުނެ އެވެ.

ވޯޓުލީ މީހުން ބެހިފައިވާ ގޮތަށް ބަލާއިރު، ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ ސަޕޯޓަރުންގެ 55 އިންސައްތަ، އެއްވެސް ޕާޓީއަކަށް ތާއީދުނުކުރާ މީހުންގެ 82 އިންސައްތަ އަދި އިދިކޮޅު ޑިމޮކްރެޓްސްއަށް ތާއީދުކުރާ މީހުންގެ 92 އިންސައްތަ މީހުން ޤަބޫލުކުރާ ގޮތުގައި، ތެލުގެ އަގު ބޮޑުވުމުގެ ޒިންމާ ސީދާ ޓްރަމްޕް ނަންގަވަންޖެހެއެވެ.

މިގޮތުން، އީރާނުގެ ހަނގުރާމަ އާ ގުޅޭގޮތުން ޓްރަމްޕްގެ ވިސްނުންފުޅަށް ތާއީދުކުރާ ކެންޑިޑޭޓުންނަށް ނޮވެމްބަރު މަހުގެ އިންތިޚާބުގައި ވޯޓު ނުދޭނެކަމަށް ވެސް ޕޯލްގެ 58 އިންސައްތަ ބައިވެރިން ބުނެފައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk