ޔޫއެސްއެސް އެބްރަހަމް ލިންކަން
އެމެރިކާގެ މަތިންދާބޯޓު އުފުލާ 3 މަނަވަރު ހުޅަނގުއޭޝިއާ ސަރަހައްދުގައި!

ރިޟްވާން މޫސާ - 25 އޭޕްރީލު 2026 - 18:10
2003 ވަނަ އަހަރުގެ ޢިރާޤު ހަނގުރާމައަށްފަހު ފުރަތަމަ ފަހަށް އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ ތިން މަނަވަރު އެއް ވަގުތެއްގައި ހުޅަނގު އޭޝިޔާ ސަރަޙައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރުތައް ކަމުގައިވާ ޔޫއެސްއެސް އެބްރަހަމް ލިންކަންގެ އިތުރުން ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑު ވެސް ދަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ.
އެޕްރީލު 22 ގައި ރައީސް ޑޮނަލްޑް ޓްރަމްޕް ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރެއްވި ނަމަވެސް، އީރާނުގެ ބަނދަރުތަކަށް އަމާޒުކޮށްފައިވާ ޙިޞާރު ހުއްޓައިލުމަށް އޭނާ ވަނީ އިންކާރު ކުރައްވާފައެވެ.
މީގެ ރައްދުގައި އީރާނުން ވަނީ ހުރްމުޒް ކަނޑުއޮޅި އަލުން ބަންދުކޮށް، ތެހްރާންގެ ހުއްދައާނުލައި އެ ކަނޑުއޮޅި ހުރަސްކުރަން މަސައްކަތްކުރާ އުޅަނދުފަހަރު ހިފަހައްޓަށް ފަށާފައެވެ. ޓްރަމްޕް ވިދާޅުވީ، ޙިޞާރާއެކު އީރާނުގެ އިޤުތިޞާދު ފުނޑުފުނޑުވަމުންދާއިރު، އަވަސްއަރުވައިލައިގެން އެއްބަސްވުމެއް އެކުލަވައިލަން އެމެރިކާއިން ބޭނުންނުވާ ކަމުގައެވެ.
ޞަހްޔޫނީންނާ ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި ބައިވެރިކުރުވުމަށް ވޮޝިންގްޓަނުން އެންމެ ފަހުން އެ ސަރަޙައްދަށް ފޮނުވާފައި ވަނީ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ޖޯޖް އެޗް ޑަބްލިޔު ބުޝްއެވެ.
އަދި، އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން ވަނީ، ޖުމުލަ 34 މަނަވަރެއްގެ މިސްރާބު އެ ސަރަޙައްދަށް ބަދަލުކޮށްފައެވެ. މި ފައުޖުގައި 12 އެސްކޯޓު މަނަވަރާއި، 200 އަށްވުރެ ގިނަ އަސްކަރީ މަތިންދާބޯޓު އަދި 15,000 އަށްވުރެ ގިނަ ސިފައިން ހިމެނެއެވެ.
ގުޅުން ހުރި ޙަބަރުތައް

އެމެރިކާ ރައްޔިތުން ރުޅިގަދަވެ ޓްރަންޕަށް ނުރުހުމާއި މަލާމާތް
4 ގަޑިއިރު ކުރިން

ޔަހޫދީން ލުބުނާނަށް ހަމަލާދިނުން ހުއްޓައިލުމަށް ވެވުނު އެއްބަސްވުމުގެ މާނައެއް ނެތް: ލުބުނާން
4 ގަޑިއިރު ކުރިން

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު މަރުވި މައްސަލައެއް ބަލަން ފަށައިފި
4 ގަޑިއިރު ކުރިން

ބަންކަރިން ޚިދުމަތުން 730 މިލިޔަން ރުފިޔާގެ ފައިދާއެއް އެސްޓީއޯ އަށް!`
13 ގަޑިއިރު ކުރިން


.gif&w=3840&q=75)