logo

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު މަރުވި މައްސަލައެއް ބަލަން ފަށައިފި

profile

މުޙައްމަދު ފަޟްލޫން - 25 އޭޕްރީލު 2026 - 18:09

ކޯޓަށް ހާޒިރުކުރުމަށްޓަކައި ފުލުހުންގެ ބަންދުގައި ހުރި އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނަކު މަރުވި މައްސަލަ ކަމާބެހޭ އިދާރާތަކުން ތަހުގީގުކުރަން ފަށައިފިއެވެ.

https://wamco.com.mv/

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މާލެ ކަސްޓޯޑިއަލްގައި ބަންދުކޮށްފައި ހުރި މި މީހާ، އޭނާ ހުރި ގޮޅީގެ ތެރޭގައި ހަބަރު ހުސްވެފައި އޮއްވާ ފެނިގެން އިއްޔެ މެންދުރުގެ ވަގުތެއްގައި ވަނީ އައިޖީއެމްއެޗް އަށް ގެންގޮސްފައެވެ. ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މަރުވި މީހަކީ ކޯޓަށް ހާޒިރުކުރުމަށްޓަކައި ފުލުހުންގެ މައްޗަށް ކޯޓުން ކޮށްފައިވާ އަމުރަކާ ގުޅިގެން ބަންދުގައި ހުރި މީހެކެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރު.ސީ.އެމް) އާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެން.އައި.ސީ) އަށް މިހާރު ވަނީ އެކަން ހިއްސާކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk