
ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދު / ފޮޓޯ: ޕޮލިސް
ހިދުމަތް ދިނުމުގައި ރައްޔިތުން ގަބޫލުކުރާ ބައެއްގެ ގޮތުގައި ފުލުހުން މަސައްކަތްކުރާތަން ދެކެން ބޭނުން: ސީޕީ އަހްމަދު މުހައްމަދު

މުޙައްމަދު ފަޟްލޫން - 25 އޭޕްރީލު 2026 - 18:10
ހިދުމަތް ދިނުމުގައި ރައްޔިތުން ގަބޫލުކުރާ ބައެއްގެ ގޮތުގައި ފުލުހުން މަސައްކަތްކުރާތަން ދެކެން ބޭނުންވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ހިތަދޫގައި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) އަށް ކުރެއްވި ޒިޔާރަތުގައި ތަމްރީން ހަދަމުންދިޔަ ދަރިވަރުންނާއި ބައްދަލުކުރައްވައި ސީޕީ ވިދާޅުވީ ތަމްރީނު މަރުހަލާއަކީ ވަރަށް މުހިންމު މަރުހަލާއެއް ކަމަށެވެ.
ތަމްރީނު ފުރިހަމަކޮށް ޢަމަލީ މައިދާނަށް މާދަމާ ނުކުމެ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ރައްޔިތުން ގަބޫލުކުރާ، އަދި މުއައްސަސާ އެދޭފަދަ ރަނގަޅު ފުލުހެއްގެ ގޮތުގައި މަސައްކަތްކުރާތަން ދެކެން ބޭނުންވާ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
މި ޒިޔާރަތުގައި ކޮމިޝަނަރ ވަނީ ކޮލެޖުގެ ސީނިއާ މެނޭޖްމަންޓާ ބައްދަލުކުރައްވައި، ކުރިއަށްދާ މަސައްކަތްތައް މުރާޖައާކުރައްވައި، ތަމްރީނާ ގުޅޭ މުހިންމު ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފައެވެ. ފުލުހުންގެ ތަމްރީންތައް އިތުރަށް ހަރުދަނާކުރުމާއި، ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ވަރުގަދަކުރުމާއި، ޒަމާނީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ބޭނުންތަކާ އެއްގޮތަށް ތަމްރީނު ޕްރޮގްރާމްތައް ބައްޓަންކުރުމާ ބެހޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް

މާލެ ސިޓީގެ މޭޔަރަށް ދިން ހަމަލާ އާއި ސަރުކާރަކާއި ގުޅުމެއް ނެތް: ސަރުކާރު
6 ގަޑިއިރު ކުރިން

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު މަރުވި މައްސަލައެއް ބަލަން ފަށައިފި
6 ގަޑިއިރު ކުރިން

ގްރީން ފަންޑަށް މިދިޔަ އަހަރު 3.5 ބިލިއަން ރުފިޔާ ލިބުނު: ފިނޭންސް މިނިސްޓްރީ
6 ގަޑިއިރު ކުރިން

މޭޔަރު އާޒިމް އަށް ދިން ހަމަލާ ތަހުގީގްކުރަން ރައީސް ސޯލިހު ގޮވާލައްވައިފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)