logo

މޭޔަރު އާޒިމް އަށް ދިން ހަމަލާ ތަހުގީގްކުރަން ރައީސް ސޯލިހު ގޮވާލައްވައިފި

profile

މުޙައްމަދު ފަޟްލޫން - 25 އޭޕްރީލު 2026 - 18:09

އިދިކޮޅު އެމްޑީޕީން ރޭ މާލޭގައި ބޭއްވި އެއްވުމުގައި ބައިވެރިވެވަޑައިގެންނެވި މާލޭގެ މޭޔަރު އާދަމް އާޒިމަށް ދިން ހަމަލާ ތަހުގީގް ކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގޮވާލައްވައިފިއެވެ.

https://wamco.com.mv/

ރޭ އެމްޑީޕީގެ މުޒާހަރާގައި އާޒިމް ހުންނަވަނިކޮށް މާފަންނު ސަހަރާ ކައިރިން މީހަކު ވަނީ އާޒިމް އަށް ހަމަލަދީ އޭނާގެ ގައިގައި ޖަހާފައެވެ.

އާޒިމް އަށް ހަމަލާދިނުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސޯލިހް ވަނީ އެހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. އަދި އެ ހަމަލާ ތަހުގީގް ކުރުމަށް ރައީސް ސޯލިހް ވަނީ ކަމާއި ގުޅޭ މުއައްސަސާތަކަށް ގޮވާލައްވާފައެވެ.

އެއްވެ އުޅުމާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އިތުރުން ސިޔާސީ ހަރަކާތްތައް ހިންގުމަކީ ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކެއްކަން ސޯލިހު ފާހަގަކުރެއްވިއެވެ.

ސުލްޙަވެރި ސިޔާސީ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ އަމާން މާޙައުލެއް ޤާއިމުކޮށްދިނުމަކީ ކަމާބެހޭ މުއައްސަސާތަކުގެ މައްޗަށް އޮތް ލާޒިމު މަސްއޫލިއްޔަތެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޢަބްދުލް ގަފޫރު މޫސާ (ގަޕޯ) ވަނީ މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމަށް އަމާޒުކޮށް ދިން ހަމަލާ ނުހަނު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފައެވެ.

މި ހަމަލާގެ މައްސަލަ މިހާރުން މިހާރަށް ތަޙުޤީޤުކޮށް، މޭޔަރު އާޒިމްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފުލުހުންގެ އިދާރާއަށް އޭނާ ވަނީ ގޮވާލައްވައިފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk