logo

ޗައިނާ ސަރުކާރުގެ އެހީގައި މާލޭގައި 500 ފްލެޓް އަޅަން ނިންމައިފި

profile

މުޙައްމަދު ފަޟްލޫން - 25 އޭޕްރީލު 2026 - 18:08

500 ފްލެޓު މާލޭގައި އެޅުމަށް ރާއްޖެ އާއި ޗައިނާއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

https://wamco.com.mv/

ހައުސިންގ މިނިސްޓްރީ އިން އެކްސް ގައި ހާމަކުރައްވާފައިވާ ގޮތުގައި، މި އެއްބަސްވުމުގައި ސޮއިކުރެވުނީ ޗައިނާގެ ބެއިޖިންގްގައި ބޭއްވުނު ހައި ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯ ޝެއާޑް ޑިވެލޮޕްމަންޓް ގެ ހަވާސާގައި ބޭއްވުނު މަޝްވަރާތަކުގެ "މިނިޓްސް އޮފް ދަ މީޓިންގް" ގައެވެ.

މިދިޔަ އަންގާރަ އަދި ބުދަ ދުވަހު ކުރިއަށްދިޔަ މި ކޮންފަރެންސްގެ ތެރެއިން ސޮއިކުރެވުނު މި މަޝްރޫއަކީ އެއްވެސް އިންޓަރެސްޓަކާ ނުލައި ޗައިނާގެ އެހީގައި ކުރިއަށްގެންދާ މަޝްރޫއެއްކަމަށް އެ މިނިސްޓްރީން ބަޔާންކުރައްވައެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް ތޮއާމް މުހައްމަދެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީ (ސީ.އައި.ޑީ.ސީ.އޭ) ގެ ޗެއާމަން ލިޔު ޖުންފެންގްއެވެ.

މީގެ އިތުރުން، ޗައިނާގެ އެހީތެރިކަމާއެކު ރާއްޖޭގައި ހިންގާ ތަރައްގީގެ އެކި މަޝްރޫއުތަކާ ގުޅޭގޮތުން އިތުރު މަޝްވަރާ ބައްދަލުވުމެއް ބޭއްވިފައިވާކަމަށްވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި، ކަނޑައެޅިފައިވާ މަޝްރޫއުތައް ކާމިޔާބުކަމާއެކު ނިންމުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި ފުރިހަމަ އެއްބާރުލުން ދިނުމުގެ ޔަގީންކަން ވަނީ އާކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk