
ޔަހޫދީން ލުބުނާނަށް ހަމަލާދިނުން ހުއްޓައިލުމަށް ވެވުނު އެއްބަސްވުމުގެ މާނައެއް ނެތް: ލުބުނާން

ރިޟްވާން މޫސާ - 25 އޭޕްރީލު 2026 - 18:10
ލުބުނާނަށް ހަމަލާދިނުން ހުއްޓައިލުމަށް ޔަހޫދީންނާއި، ލުބުނާނު ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ އެއްވެސް މާނައެއް ނެތްކަމަށް ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުالله އިން ބުނެފިއެވެ.
ޔަހޫދީންނާއެކު ލުބުނާން ގެ ސަރުކާރުން ވެފައިވާ ހަނގުރާމަ ހުއްޓައިލައި ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުން މިހާރު ތިން ހަފްތާއަށް އިތުރުކޮށްފައިވާ ކަމަށާއި، މަޝްވަރާގެ މޭޒުން ހައްލު ހޯއްދަވަން މަސައްކަތް ކުރައްވާ ކަމަށް އެމެރިކާއިން ވަނީ ހާމަކޮށްފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް ވަނީ މީގެ ތިން ދުވަސް ކުރިން އެމެރިކާގެ ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމެއްގައި މިކަން ހާމަކުރައްވާފަ އެވެ. އަދި ޓްރަމްޕް ވަނީ މެދުއިރުމަތީގެ ހަނގުރާމައިގައި ބަންދުކޮށްފައިވާ ހުރުމުޒް ކަންޑުއޮޅި އަލުން ހުޅުވައިލެވޭނެ ފަދަ ގޮތަކަށް ވެސް އީރާނާ އެކު މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށް ވެސް ހާމަކޮށްފަ އެވެ.
އެޕްރީލު 26 އަށް މުއްދަތު ހަމަވާން އޮތް މި އެއްބަސްވުމުގެ މުއްދަތު މި މަހުގެ 23 ގައި އިތުރުކޮށްފައިވީ ނަމަވެސް، ލުބްނާނުގެ ދެކުނުގައި ޔަހޫދީ ފައުޖުން ވެރިވެގަނެފައިވާ 5 އާއި 10 ކިލޯމީޓަރުގެ "ބަފަރ ޒޯނު" ސަރަޙައްދުގައި، ޔަހޫދީ ސިފައިން ދަނީ އެއްބަސްވުމާ ޚިލާފަށް ލާއިންސާނީ ޖަރީމާތައް ހިންގަމުންނެވެ.
މި ގޮތުން، ޔަހޫދީންގެ ޢުދުވާންތަކުގައި ދެ މީހަކު ޝަހީދުކޮށްލާފައިވާއިރު، ރައްދުގައި ޙިޒްބުالله އިން ވެސް ވަނީ، ޔަހޫދީ ފައުޖުގެ އަސްކަރީ ޑްރޯނަކަށް ޙަމަލާދީ ވައްޓައިލާފައެވެ.
މާރިޗު 2 އިން ފެށިގެން ޔަހޫދީން ހިންގަމުންދާ ޢުދުވާނުުގައި މިހާތަނަށް ލުބްނާނުން 2,500 އެއްހާ މީހުން ޝަހީދުކޮށްލާފައިވާއިރު، ޙިޒްބުاللهގެ ރައްދު ޙަމަލާތަކުގައި ވެސް ޔަހޫދީ ޢާންމުންގެ ދެ މީހުންނާއި 15 ސިފައިން ވަނީ މަރައިލާފައެވެ.
ގުޅުން ހުރި ޙަބަރުތައް

އެމެރިކާ ރައްޔިތުން ރުޅިގަދަވެ ޓްރަންޕަށް ނުރުހުމާއި މަލާމާތް
4 ގަޑިއިރު ކުރިން
އެމެރިކާގެ މަތިންދާބޯޓު އުފުލާ 3 މަނަވަރު ހުޅަނގުއޭޝިއާ ސަރަހައްދުގައި!
4 ގަޑިއިރު ކުރިން

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު މަރުވި މައްސަލައެއް ބަލަން ފަށައިފި
4 ގަޑިއިރު ކުރިން

ބަންކަރިން ޚިދުމަތުން 730 މިލިޔަން ރުފިޔާގެ ފައިދާއެއް އެސްޓީއޯ އަށް!`
13 ގަޑިއިރު ކުރިން


.gif&w=3840&q=75)