
ޝޮޓް ގަން އަކުން ޓްރަމްޕް އަށް ހަމަލާދޭން އުޅެފި

ރިޟްވާން މޫސާ - 26 އޭޕްރީލު 2026 - 05:30
ހަތިޔާރާއެކު މީހަކު އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް އަށް ހަމަލާދޭން އުޅެފި އެވެ.
ނަމަވެސް މިހަމަލާ ކާމިޔާބުވެފަ އެއް ނުވެ އެވެ. މިކަން ހިނގާފައިވަނީ އެމެރިކާގެ ވޮޝިންގޓަންގަ އެވެ.
މީޑިޔާ ރިޕޯރޓްތައް ބުނާ ގޮތުން ޓްރަމްޕް އަށް އެމީހަކު ހަމަލާދޭން މަސައްކަތްކޮށްފައި ވަނީ އެމެރިކާގެ ވެރިރަށް ވޮޝިންގްޓަންގެ ހިލްޓަން ހޮޓަލުގައި ބޭއްވި ވައިޓް ހައުސް ކޮރެސްޕޮންޑެންޓުންގެ ޖަމުޢިއްޔާގެ އަހަރީ ފަރީއްކޮޅުގައި ކާން އިންދަ އެވެ.
ޝޮޓްގަންއަކާއި އިތުރު ހަތިޔާރުތަކެއް އަޅައިގެން ހުރި މީހާ ޙަމަލާދީފައި ވަނީ، ސީކްރެޓް ސަރވިސްގެ އޮފިސަރަކަށެވެ. އޭނާގެ ހާލުވެސް ރަނގަޅުކަމަށް މައުލޫމާތު ލިބެ އެވެ.
ބަޑީގެ ޙަމަލާތައް ދިނުމާއެކު، ސީކްރެޓް ސަރވިސްގެ އޭޖެންޓުން ވަނީ ވަގުތުން ޓްރަމްޕާއި އޭނާގެ އަނބިކަނބަލުން މެލާނިޔާ ޓްރަމްޕް ރައްކާތެރިކޮށް، އެހެން ތަނަކަށް ބަދަލުކޮށްފައެވެ. ނަމަވެސް އެއީ ކޮންތަނެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ބަޑީގެ ޙަމަލާތަކެއްދިން މީހާ ހައްޔަރުކޮށްފައިވާއިރު، ކަމާގުޅޭ އިދާރާތަކުގެ އޮފިސަރުން މިހާރު ދަނީ ކެލިފޯނިޔާގައި އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރަމުންނެވެ.
މިހާދިސާގައި ބަޑީގެ އަޑާއެކު އެސަރަހައްދުގައި އެވަގުތު ތިބި މީހުން ފިލަން މޭޒުދަށަށް ވަދެ ފިލާ މަންޒަރު ފެންނަ ވީޑިއޯތަކެއްވެސް ސޯޝަލް މީޑިޔާގައި ވަނީ ދައުރުވާން ފަށާފަ އެވެ.
ގުޅުން ހުރި ޙަބަރުތައް
ސަޢުދީ ޢަރަބިއްޔާއިން ހަދިޔާކުރި ކަދުރު ބަހަން ފަށައިފި
3 ގަޑިއިރު ކުރިން
އަންހެނުން ބާރުވެރިކުރުމުގެ އައު ބުރެއް! "ވިލުންވެރި ކަނބަލުން" މިއަހަރުވެސް ބާއްވަނީ
3 ގަޑިއިރު ކުރިން

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، "އުފަކާރަ" ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި
8 ގަޑިއިރު ކުރިން

އެމެރިކާ ރައްޔިތުން ރުޅިގަދަވެ ޓްރަންޕަށް ނުރުހުމާއި މަލާމާތް
18 ގަޑިއިރު ކުރިން


.gif&w=3840&q=75)