logo

އޭސީސީން އޮޅުގިރި މައްސަލަ ޕީޖީއަށް ފޮނުވީ ޕޮޕިއުލާ މޯލްޑިވްސް ކުންފުނިން ކޯޓަށް ދިއުމުން !

profile

އަސްލު - 10 މޭ 2026 - 18:20

އޭސީސީން އޮޅުގިރި މައްސަލަ ޕީޖީއަށް ފޮނުވީ ޕޮޕިއުލާ މޯލްޑިވްސް ކުންފުނިން އޭސީސީއާ ދެކޮޅަށް ހައްޤު ހޯދަން މައްސަލަ ކޯޓަށް ހުށަހެޅުމުން ކަމަށް ޕޮޕިއުލާ މޯލްޑިވްސް އިން ބުނެފިއެވެ.

https://wamco.com.mv/

މިކަމާއޮ ގުޅޭ ގޮތުން ވަރަށް ތަފުސީލުކޮށް ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހަގީގަތް ހާމަ ކުރުމަށްޓަކައި 10 މޭ 2026 ގައި ނެރެފައިވާ ނޫސްބަޔާނުގައި ވަނީ މިފަދައިންނެވެ.

"

"އެމްއެމްޕީއާރުސީ އާގުޅުވައިގެން މި ކުންފުންޏަށް އޭސީސީއިން ކޮށްފައިވަނީ ކަނޑައެޅިގެން ދޮގު ތުހުމަތެކެވެ. އަސްލު މަންޒަރު މިދަންނަވަނީ އެވެ. އެމްއެމްޕީއާރުސީ އިން ވިއްކި ރަށްތައް އޭސީސީއިން ހުއްޓުވުމަށްފަހު، ގާތްގަނޑަކަށް ހުރިހައި ރަށެއްހެންވެސްވަނީ ތަރައްޤީކުރަން ދޫކޮށްފައެވެ. ގިނަ ރަށްތައް ތަރައްޤީކޮށް ނިމި، ހިންގަންވެސްވަނީ ފަށާފައެވެ.

ނަމަވެސް 7 އަހަރު ވީއިރުވެސް ތ. އޮޅުގިރި ދޫކޮށްފައެއް ނުވެއެވެ. ފާއިތުވެދިޔަ 7 އަހަރު ތެރޭގައި މިރަށް ތަރައްޤީކުރަން ކުރެވުނު އެއްވެސް މަސައްކަތެއް ކާމިޔާބު ނުވެ އޮތީ، "ބަލަމުންދާ މައްސަލައެއް" އޮތްކަމަށް ބުނެ އޭސީސީއިން އިންވެސްޓަރުން ބިރު ގަނުވަމުން ގޮސްފައިވާތީއެވެ. އޭސީސީއިން 7 އަހަރު ވަންދެން މިރަށް ހިފަހައްޓާފައިވަނީ ނުސީދާ މަގަކުން ކަމެއް ހާސިލުވޭތޯއެވެ. ނަމަވެސް މިރަށަކީ ހައްޤު ގޮތުގައި އަގު ދައްކާފައިވާ ރަށަކަށްވާތީ މި ކުންފުނިން ނިންމީ ހައްޤު ހޯދަން ޝަރީޢަތަށް ދިއުމަށެވެ.

އޭސީސީ އިން އެންމެ ފަހުން ޕީޖީއަށް އެއްލާލާފައިވަނީ މިކުންފުނީގެ ފަރާތުން ޑިސެމްބަރ 2025 ގައި ޝަރީއަތަށް މައްސަލަ ހުށައަޅައި ސިވިލް ކޯޓުގެ ނަންބަރު 2026/CVC/255 ޤަޟިއްޔާއިން އޭސީސީއަށް ޖަވާބުދާރީވުމަށް ކޯޓުން އަމުރުކުރުމުންނެވެ. އޭސީސީގެ ކިބައިގައި އެއްވެސް ވަރެއްގެ އިޚުލާޞްތެރިކަމެއް އޮތްނަމަ، 7 އަހަރު ވަންދެން މައްސަލަ ނުނިންމައި ހިފަހައްޓާ އޮބަހައްޓާލައިގެން ތިބޭކަށް ނުޖެހެއެވެ. ހެކި ހުރިނަމަ 7 އަހަރު ވަންދެން ތިބީ ކީއްވެތޯއެވެ؟ ސަބަބުވެސް އަދި ބޭނުންވެސް ވަރަށް ސާފެވެ... 7 އަހަރަށްފަހު ކުއްލިއަކަށް ޕީޖީއަށް ބޯޅަ އެއްލާލައި މި ކުންފުނީގެ އަގު ވައްޓާލަން މަސައްކަތް ކޮށްފައި އެވަނީ އޭސީސީއާ ދެކޮޅަށް ހައްޤު ހޯދަން މައްސަލަ ޝަރީޢަތަށް ހުށަހެޅުމުން އައި ރުޅީގަޔާއި، އަދި އެ ކަމިޝަނުގެ ނުޙައްޤު ޑިމާޑުތަކަށް ބޯނުލެބުމުންނެވެ.

ދައުލަތުން އެކި ފަރާތްތަކާއެކު ހަދާފައިވާ މަދަނީ އެއްބަސްވުންތައް އުވައިލަން އެންގުމަކީ އޭސީސީއަށް ލިބިފައިވާ ޤާނޫނީ އިޚުތިޔާރަކަށް ނުވިޔަސް އެއްބަސްވުން އުވައިލަން އަންގާފައިވާކަމަށް ބުނެ ޚަބަރު ފަތުރާފައި އެވަނީ، ހިނގަމުންދާ މައްސަލައަށް ނުފޫޒު ފޯރުވުމުގެ ގޮތުންކަމަށްވެސް ދެކެމެވެ. މިއީ ޤާނޫނީ އިމުގެ ތެރެއިން ހިންގާ އިދާރާއަކުން ކުރަން އެކަށީގެންވާ ބާވަތުގެ ކަމެއް ނޫނެވެ."

"

މި މައްސަލަ އިތުރަށް ހޫނުވެފައިވަނީ، ޕޮޕިއުލާ މޯލްޑިވްސްގެ ފަރާތުން 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމާ ގުޅިގެންނެވެ. ސިވިލް ކޯޓުގެ ނަންބަރު CVC/2026/255 ގަޟިއްޔާއިން އޭސީސީއަށް ޖަވާބުދާރީވުމަށް ކޯޓުން އަމުރުކުރުމާ އެކު، ކުއްލި ގޮތަކަށް އޭސީސީން މި މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހަށް ފޮނުވާލާފައިވާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ. ޕޮޕިއުލާ މޯލްޑިވްސްއިން ސިފަކުރާ ގޮތުގައި މިއީ ހަތް އަހަރު ވަންދެން މައްސަލަ ނުނިންމައި ހިފެހެއްޓުމަށްފަހު، ކޯޓުން ޖަވާބުދާރީވާން ޖެހުމުން ރެކުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk