
އާއިލާތަކާ ކައިރިން ޚިދުމަތްކުރުމުގެ ފުރުސަތު ސިފައިންނަށް ފަހިކޮށް ދޭނަން: ރައީސް

މުހައްމަދު މުޝްރިފް - 10 މޭ 2026 - 11:41
އާއިލާތަކާ ކައިރިން ޚިދުމަތްކުރުމުގެ ފުރުސަތު ސިފައިންނަށް ފަހިކޮށްދެއްވާނެކަމަށާއި، މިއީ ދާއިމީ ފުރުސަތަކަށް ހައްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު ވިދާޅުވީ ސިފައިންނަށް އެ މީހެއްގެ އާއިލާގެ ކައިރިއަށް ގިނަގިނައިން ޒިޔާރަތް ކުރެވޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން، އެ މީހެއްގެ އާއިލާ ދިރިއުޅޭ ރަށަކާ އެންމެ ކައިރިން އޮންނަ އޭރިއާ ކޮމާންޑެއްގައި ޑިއުޓީ އަދާކުރެވޭނެ ގޮތަށް ފުރުސަތު ފަހިކޮށްދިނުމަށް ގަސްތުކުރައްވާކަމަށެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ދިވެހި ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ ޖޯގްރަފީ އޮންނަ ގޮތުން އެކި ހިސާބުތަކުގައި އޭރިއާ ކޮމާންޑުތައް ހެދިފައިވާ ކަމަށާއި، މި ތަންތަން އުމުރާނީ ގޮތުންނާއި ވަސީލަތުގެ ގޮތުން ކުރިއެރުވުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މި މަސައްކަތުގެ ބައެއްގެ ގޮތުގައި ހިމަނައިގެން އެ ތަންތަނުގައި ޤައިމްވެ ތިބޭ އޮފިސަރުން އިތުރުކުރުމަށް ނިންމަވާފައިވާކަމަށް ވެސް ވިދާޅުވިއެވެ.
އެގޮތުން މި މަސައްކަތުގެ ތެރެއިން، އެ ސިފައިންގެ މީހެއްގެ އާއިލާ ދިރިއުޅޭ ރަށަކާ އެންމެ ކައިރީގައި އޮންނަ އޭރިއާ ކޮމާންޑެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ގަސްތުކުރައްވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، މިކަން ހަމަޖެހި މިގޮތަށް ޢަމަލުކުރަން ފެށުމުން، އާއިލާތަކާ ކައިރިން ޚިދުމަތްކުރުމުގެ ފުރުސަތު ސިފައިންނަށް ލިބޭނެކަމަށާއި، މިއީ ދާއިމީ ފުރުސަތަކަށް ހައްދަވައިދެއްވާނެ ކަމަށެވެ.
އަދި މި ކަމަކީ ކުރިން ވިސްނާފައި އޮތް ކަމެއްކަމުން، މި އަހަރުގެ ބަޖެޓުގައި ހިމަނައިގެން ސިފައިންގެ ފައުޖަށް ޒުވާނުން އިތުރުކުރުމަށް ބަޖެޓު ހަމަޖައްސަވާފައިވާނެކަމަށް ވެސް ވިދާޅުވިއެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ، މި ބަދަލުގެ ނަތީޖާ ވަރަށް ރަނގަޅުވާނެކަމަށާއި، މިކަމުގެ ފައިދާ އަމިއްލަ ނަފްސަށާއި ޤައުމަށް ލިބިގެން ދާނެކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ބޯހިޔާވަހިކަމަކީ ސިފައިންނަށް ކޮންމެހެން ލިބެންޖެހޭ ހައްގެއް: ރައީސް
ގަޑިއިރެއް ކުރިން

އޭޝިއާ މީޑިއާ ސަމިޓަށް ސާކުގެ ސެކްރެޓަރީ ޖެނެރަލް ރާއްޖެ ވަޑައިގެންފި
3 ގަޑިއިރު ކުރިން

އޭޓީއެމްއަށް ދޫކޮށްލެވިފައިވާ ކާޑެއް ނަގައި، އެ ކާޑުން ވިޔަފާރިކުރި މީހަކު ހޯދަނީ
4 ގަޑިއިރު ކުރިން

ދިވެހި ގައުމު މިނިވަންކަމާއެކު މިއަދާހަމައަށް ގެނެސްދިނީ ދިވެހި ސިފައިން: ރައީސް
5 ގަޑިއިރު ކުރިން


.gif&w=3840&q=75)