logo

އޭޓީއެމްއަށް ދޫކޮށްލެވިފައިވާ ކާޑެއް ނަގައި، އެ ކާޑުން ވިޔަފާރިކުރި މީހަކު ހޯދަނީ

profile

އާމިނަތު ޝަޒްލާ - 10 މޭ 2026 - 09:54

އޭޓީއެމްއަށް ދޫކޮށްލެވިފައިވާ ކާޑެއް ނަގައި، އެ ކާޑުން ވިޔަފާރި ކުރި ކަމުގެ މައްސަލައެއްގައި ފުލުހުން މީހަކު ހޯދަން އިއުލާންކޮށްފިއެވެ.

https://wamco.com.mv/

ފުލުހުން ވަނީ، އެމީހާ ވޮލެޓުން ކާޑު ނަގާ މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖެއް މީސްމީޑިއާގައި އާންމުކޮށްފައެވެ. އަދި ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަ މީހާއަކީ މާފަންނު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގައި ހުންނަ އެޓީއެމްއަށް ދޫކޮށްލެވިފައިވާ ކޭޝް ކާޑެއް ނަގައި އެކާޑު ބޭނުންކޮށްގެން ވިޔަފާރިކޮށްފައިވާ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވާ މީހެއް ކަމަށެވެ. އަދި އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާ ކަމަށެވެ.

އެ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

އަދި ފުލުހުން ވަނީ، މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކުރައްވާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk