
އޭޝިއާ މީޑިއާ ސަމިޓަށް ސާކުގެ ސެކްރެޓަރީ ޖެނެރަލް ރާއްޖެ ވަޑައިގެންފި

އާމިނަތު ޝަޒްލާ - 10 މޭ 2026 - 10:54
އޭޝިއާ މީޑިއާ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ސައުތު އޭޝިއަން އެސޯސިއޭޝަން ފޯރ ރީޖަނަލް ކޯރޕަރޭޝަން، ސާކްގެ ސެކްރެޓަރީ ޖެނެރަލް ގޯލަމް ސަރުވާރު ރާއްޖެ ވަޑައިގެންފިއެވެ.
މި ސަމިޓުގައި ސަރަޙައްދީ ޤައުމުތަކުގެ 200 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ސާކްގެ ސެކްރެޓަރީ ޖެނެރަލް ގޯލަމް ސަރުވާރު ރާއްޖެވަޑައިގަތުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ދެންނެވީ ޕަބްލިކް ސަރވިސް މީޑީއާ، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބާއި، ޗެއަރޕަރސަން އައިމިނަތު ނަމްޒާއެވެ.
ސަމިޓްގެ މިއަހަރުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 އިން 14 ވިލާ ނޯޓިކާ ރިސޯޓުގައެވެ. މިއަހަރުގެ ސަމިޓުގެ ޝިއާރަކީ "މޯލްޑިވްސް 2.0 ފްރޮމް ޓްރެޑިޝަން ޓު ޓެކް"އެވެ. އޭއައިޑީބީއާ ގުޅިގެން މިފަހަރުގެ ސަމިޓު އިންތިޒާމްކުރަނީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއެވެ.
ގުޅުން ހުރި ޙަބަރުތައް

ބޯހިޔާވަހިކަމަކީ ސިފައިންނަށް ކޮންމެހެން ލިބެންޖެހޭ ހައްގެއް: ރައީސް
22 މިނިޓު ކުރިން

އާއިލާތަކާ ކައިރިން ޚިދުމަތްކުރުމުގެ ފުރުސަތު ސިފައިންނަށް ފަހިކޮށް ދޭނަން: ރައީސް
ގަޑިއިރެއް ކުރިން

އޭޓީއެމްއަށް ދޫކޮށްލެވިފައިވާ ކާޑެއް ނަގައި، އެ ކާޑުން ވިޔަފާރިކުރި މީހަކު ހޯދަނީ
3 ގަޑިއިރު ކުރިން

ދިވެހި ގައުމު މިނިވަންކަމާއެކު މިއަދާހަމައަށް ގެނެސްދިނީ ދިވެހި ސިފައިން: ރައީސް
4 ގަޑިއިރު ކުރިން


.gif&w=3840&q=75)