logo

ބޯހިޔާވަހިކަމަކީ ސިފައިންނަށް ކޮންމެހެން ލިބެންޖެހޭ ހައްގެއް: ރައީސް

profile

މުހައްމަދު މުޝްރިފް - 10 މޭ 2026 - 12:17

ބޯހިޔާވަހިކަމަކީ ސިފައިންނަށް ކޮންމެހެން ލިބެންޖެހޭ ހައްގެއްކަމަށް ގަބޫލުކުރައްވާ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ސިފައިންގެ 134 ވަަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ބޯހިޔާވަހިކަމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ވެސް އަސާސީ ހައްގެއް ކަމަށާއި އެއީ ދިވެއްސަކަށްވީތީ ލިބެންޖެހޭ އެންމެ އަސާސީ ހައްގު ކަމަށެވެ.

ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ބަނޑޭރިކޮށި ހިމެނޭ ސަރަހައްދުގައި ވަރަށް އަވަހަށް ހައުސިން މަޝްރޫއުއެއް ފައްޓަވާނެކަން އމަނިކުފާނު ވަނީ މި ރަސްމިއްޔާތުގައި އިއުލާން ކުރައްވާފައެވެ.

ސަރުކާރުގެ އެންމެ މުހިއްމު ސިޔާސަތެއްގެ ގޮތުގައި އެކަން ކަނޑައެޅީ އެހެންވެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ގައުމާއި މިނިވަންކަން ދިފާއުކުރުމަށް ފަހު ދިވެހި ކޮންމެ ރައްޔިތަކަށް ވެސް އެންމެ މުހިއްމުކަމަކީ އަސާސީ ބޯހިޔާވަހިކަން ކަމަށެވެ.

ބޯހިޔާވަހިކަމަކީ ސިފައިންނަށް ކޮންމެހެން ލިބެންޖެހޭ ހައްގެއްކަމަށް ގަބޫލުކުރައްވާ ކަމަށާއި މިހާރު ސަރުކާރުން ހުޅުވާލާފައިވާ ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން ވެސް ސިފައިންނަށް ވަކި އަދަދަކަށް ފްލެޓު ކަނޑައެޅީ އެ މަގްސަދުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

މިމަހުގެ ނިޔަލަށް ހުޅުވާލާފައިވާ އެ ޕްރޮގްރާމުގެ ދަށުން ސިފައިންނަށް 100 އަދި ފުލުހުންނަށް ވެސް 100 ފްލެޓު ކަނޑައަޅާފައިވެ އެވެ.

ނަމަވެސް، އެ އަދަދަކީ އެންމެ އެކަށީގެންވާ އަދަދު ނޫން ކަމަށް ވިދާޅުވެ ރައީސް ވަނީ ކުރިއަށް އޮތްތަނުގައި އެ އަދަދު އިތުރުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ދިވެހި ރައްޔިތުންގެ ހިތުގައި އެންމެ މަތިވެރި ޝަރަފު އޮތް ދިވެހި ސިފައިންނަށް ބޯހިޔާވަހިކަމުގެ ހައްގު ލިބިގެންދާންޖެހޭނެ ކަމަށާއި، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މިހާރު ހުޅުވާލާފައިވާ ޕްރޮގްރާމުގައި ސިފައިންނަށް ވަކި އަދަދެއް ކަނަޑައެޅިފައި އޮންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިހާރު ވެސް ސިފައިންގެ އާއިލާތައް ދިރިއުޅެމުން އަންނަ ބަނޑޭރި ކޮށި އިތުރަށް ތަރައްގީކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާ ކަމަށެވެ.

ބަނޑޭރި ކޮއްޓަކީ ސިފައިންގޭގައި ދެމިތިބިހާ ހިނދަކު ވަކި ސިޔާސަތެއްގެ ދަށުން އެ މީހުންގެ އާއިލާތަކަށް ދޫކޮށްފައިވާ ތަނެކެވެ. އެކަމަކު އެތަނަށް އަޅާނުލާ އޮންނަތާ ގިނަ ދުވަސްތަކެއްވެފައިވާ ކަމަށާއި އެތަނުގެ ބޭނުން ހިފާ ސިފައިންގެ އާއިލާތައް ވެސް މަދުވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންވެ، އެތަނުގައި ޒަމާނީ ހައުސިން ޕްރޮޖެކްޓެއް ހިންގުމަށް ސަރުކާރުން ނިންމާފައިވާކަން ރައީސް އިއުލާންކުރެއްވި އެވެ. ކުރިއަށް އޮތް އަށް މަސް ދުވަހުގެ ތެރޭގައި އެތަނުގެ އަމަލީ މަސައްކަތް ފެށުމަކީ ސަރުކާރުގެ އަމާޒު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ ޕްރޮޖެކްޓަކީ ސިފައިންނާއި ފުލުހުންނާއި އެމީހުންގެ އާއިލާތަކަށް ހިންގޭ މަޝްރޫއުއެކެވެ. އަދި ހިދުމަތުގައި ދެމިތިބޭ މުއްދަތުގައި އެ މަޝްރޫއުގެ ދަށުން ބޯހިޔާވަހިކަން ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވި އެވެ.

އަދި މިއީ ބަނޑޭރި ކޮށި ހައުސިން ޕްރޮޖެކްޓެ ނިންމުމުގެ ޓާގެޓަކީ އެންމެ ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު، ނުވަތަ ކުރިއަށް އޮތް އަށް މަސް ދުވަސް ތެރޭގައި ކަމަށް މިއީ ސާވިސްގައި ތިބޭއިރު ލިބޭ ގޮތަށް ސިފައިނާއި ފުލުހުންނަށް އަދި އާއިލާތަކަށް އޭގެ އެންމެ ނަފާ ލިބޭ ގޮތަށް ހައުސިން ކަނޑައެޅިގެންދާނެ ބޮޑު ހައުސިން ޕްރޮޖެކްޓެއްކަން ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

އެ މަޝްރޫއު ފެށުމާ އެކު މިވަގުތު ބަނޑޭރި ކޮށީގައި ދިރިއުޅޭ ސިފައިން އެހެން ތަނަކަށް ވަގުތީގޮތުން ބަދަލުކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ސިފައިންނަށް އަމާޒުކޮށް ހައުސިން ބޮޑު މަޝްރޫއުއެއް ފަށަން ނިންމިއިރު މިހާރު ވެސް ހުޅުމާލޭ ފޭސް އެކެއްގައި ފުލުހުންނާއި ސިފައިންނަށް ހާއްސަކޮށް ހަދާފައިވާ ފްލެޓުތަކެއް ހުރެ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk