
މުރައިދޫ ގޮނޑުދޮށުން ވަޒަންތަކެއް ފެނިއްޖެ: ރައްޔިތުންގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް!

އާމިނަތު ޝަޒްލާ - 17 ޖުލައި 2026 - 14:00
ހއ. މުރައިދޫން މިދިޔަ ޖުލައި މަހުގެ 4 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ހއ. މުރައިދޫ އަތިރިމަތީ ގޮނޑުދޮށުން ބަޑީގެ ވަޒަންތަކެއް ފެނިފައިވާ ކަަމަށް އެރަށު ރައްޔިތުން ބުނަން ފަށައިފިއެވެ.
މުރައިދޫ މީހަކު ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ގޮނޑުދޮށުން ފެނިފައިވަނީ އެމް.16 (M16) މަރުކާގެ ބަޑީގެ ވަޒަންތަކެއް ކަމަށެވެ. އަދި މި ތަކެތި ފެނުމާ ގުޅިގެން އެ ރަށު ޕޮލިހަށް ރިޕޯޓްކުރުމުން، ހަމަ އެ ރޭގެ ވަގުތެއްގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން ވަނީ އެ ރަށުގައި ހަރަކާތްތެރިވެފައި ކަމަށެވެ. އަދި ވަޒަންތައް ހުރި ފޮށި މިހާރު ވަނީ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.
މި ހާދިސާ ހިނގިތާ ދުވަސްތަކެއް ވެފައިވާއިރު، ސަލާމަތީ ބާރުތަކުންނާއި ކަމާބެހޭ އިދާރާތަކުން މިކަމާ ގުޅޭ އެއްވެސް މަޢުލޫމާތެއް ރަށުގެ ރައްޔިތުންނަށާއި މީޑިއާއަށް ހިއްސާކޮށްފައި ނުވާކަން ކަމަށާއި، ރާއްޖޭގެ އެއްވެސް މީޑިއާއަކުން މިހާތަނަށް މި ޚަބަރު ރިޕޯޓްކޮށްފައި ނުވާއިރު، މިކަމުގެ ސަބަބުން މުރައިދޫ ރައްޔިތުންގެ މެދުގައި ވަނީ ނުހަނު ބޮޑު ކަންބޮޑުވުމާއި ބިރުވެރިކަން އުފެދިފައި ކަމަށް ވަނީ އެޕޯސްޓްގައި ހިއްސާކޮށްފައެވެ.

"އަސްލުޓީވީ"އަށް މައުލޫމާތު ހިއްސާކުރަށްވަމުން "އެމްއެންޑީއެފް" ގެ މީޑިއާ އޮފިސަލް ވިދާޅުވީ "ރާއްޖޭގެ އެކި ސަރަހައްދުތަކަށް މީގެކުރިން ވެސް އޮޔާދާ އަދި ރަށްރަށަށް ލައްވާ ނުރައްކާތެރި ތަކެތި ލައްވަމުންދާ ފަދައިން، ރަށެއްގެ ގޮނޑުދޮށަށް މިފަދަ އެއްޗެއް ލައްވެގެން އެ ކަމުގެ މައުލޫމާތު، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ އެމްއެންޑީއެފަށް ފޯރުކޮށްދީފައި ކަމަށެވެ. އަދި މި ކަމާ ގުޅޭގޮތުން ފުލުހުންނަށް ލިބުނު މައުލޫމާތު އެމްއެންޑީއެފާ ހިއްސާކުރުމާ އެކު، ސިފައިންނާއި ފުލުހުން ގުޅިގެން ވަނީ އެ ރަށަށް ގޮސްފައި ކަމަށެވެ. އަދި މި ފެނުނު ތަކެތި މި ވަގުތު ހުރީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުގައި ކަމަށް ވާތީ، މިކަމާ ގުޅޭ އިތުރު މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއިން އޮޅުންފިލުއްވުން އެދޭ ކަމަށެވެ."
މުރައިދޫގެ ބައެއް ރައްޔިތުން ފާޅުކުރާ ގޮތުގައި، މިފަދަ ނުރައްކާތެރި ހާދިސާއެއް ހިނގުމުން އެކަން ސިއްރުވެރި ގޮތެއްގައި ބޭއްވުމަކީ އިތުރު ސުވާލުތަކެއް އުފެދޭ ކަމެކެވެ. ރަށު ކައުންސިލުން ވެސް މިކަމާ ގުޅޭގޮތުން ރަސްމީ ބަހެއް ބުނެފައި ނުވާއިރު، މިއީ ރަށުގެ އަމަންއަމާންކަމާ ގުޅިފައިވާ ކަމަކަށްވާތީ ރައްޔިތުން ތިބީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ.
މުރައިދޫގެ ކައުންސިލް އިދާރާގައި މަސައްކަތްކުރާ ފަރާތަކުން "އަސްލުޓީވީ" އަށް މައުލޫމާތު ހިއްސާކުރަށްވަމުން ވިދާޅުވީ އެށުތެރޭގައި އެކަހަލަ ވާހަކަތަކެއް ފެތުރެމުންދާ ކަމަށެވެ.
މި ހާދިސާ ހިނގާދިޔަ ހަގީގީ ގޮތާއި، އެ ފޮށިން ފެނުނީ ހަގީގަތުގައިވެސް ބަޑީގެ ވަޒަންތަކެއްތޯ ނުވަތަ ނޫންތޯ ސާފުކޮށްދިނުމަށް ރައްޔިތުން ދަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލަމުންނެވެ. މިފަދަ ކަންކަމުގައި ދައުލަތުގެ މުއައްސަސާތަކުން ދެފުށް ފެންނަ ގޮތަށް މަޢުލޫމާތު ހިއްސާކުރުމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.
ގުޅުން ހުރި ޙަބަރުތައް

މާލޭގެ ޓްރެފިކް މައްސަލަ ބޮޑުވެ، އާންމުންގެ ޝަކުވާ އިންތިހާއަށް!
2 ގަޑިއިރު ކުރިން

ކަޝްމީރުގައި ބަޑީގެ ހަމަލާއެއްގައި މީހަކު މަރުވެ، 2 މީހަކު ޒަޚަމްވުމާ ގުޅިގެން އިންޓަނެޓްގެ ޚިދުމަތް ކަނޑާލައިފި
3 ގަޑިއިރު ކުރިން

"ސެކަންޑް-ކްލާސް ފަސިންޖަރު" މި ލަފްޒް ބޭނުކުރުން ހުއްޓާލުމަށް އިންޑިޔާގެ ސްޕްރީމް ކޯޓުން ހުކުމްކޮށްފި!
3 ގަޑިއިރު ކުރިން

އީރާނުން ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒްތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)