logo

ކޭވް އަށް ދިޔަ ފަތުރުވެރިން މަރުވީ އޮކްސިޖަން ހުސްވެ ގޭސްވިހަވެގެން ކަމަށް ބެލެވޭ: ޑައިވް ޓީޗަރ ތިހާމް

profile

ރިޟްވާން މޫސާ - 16 މޭ 2026 - 08:28

ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ 5 ޑައިވަރުންގެ ތެރެއިން 4 ޑައިވަރަކު ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު މި ފަތުރުވެރިން ސަލާމަތް ނުކުރެވި ގެއްލިފައި ވަނީ އޮކްސިޖަން ހުސްވެ ގޭސް ވިހަވުމުގެ ސަބަބުން ކަމަށް މަޝްހޫރު ޑައިވް ޓީޗަރ ތިހާމް އަހުމަދު ބުނެފި އެވެ.

https://wamco.com.mv/

ތިހާމަކީ ޑައިވިން ކުރުމުގެ ހުނަރާއި ތަޖުރިބާ ހުރި އަދި މިފަދަ ހާދިސާތަކުން މީގެ ކުރިން ދިރާސާ ކޮށްފައިވާ މަޝްހޫރު ޑައިވިން ޓީޗަރެކެވެ.

"އަސްލު ޓީވީ" އަށް މައުލޫމާތު ދެއްވަމުން ތިހާމް ބުނީ ވ އަތޮޅުގެ ކޭވް ޑައިވިން ޕޮއިންޓަކީ މީގެ ކުރިންވެސް ވަރަށް ގިނަ ފަހަރު ޑައިވިންނަށް ގޮސް އުޅޭ ސަރަހައްދެއް ކަމަށެވެ. އެހެން ނަމަވެސް އެ މީހުން ގެއްލިފައިވާ ކަމަށް ބެލެވޭ ކޭވްގެ ތެރެއަށް ނުވަތަ އޭގެ އަޑިއަށް ފީނަން ވާނީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށެވެ.

ފަސް މީހަކު ގެއްލިގެން ހޯދަމުންދާއިރު އޭގެ ތެރެއިން އެކަކު މިހާރު ވަނީ ފެނިފަ އެވެ. ފެނުނު މީހާ ވެސް ފެނިފައި ވަނީ މަރުވެފައި އޮއްވަ އެވެ.

މިހާދިސާ އާއި ގުޅޭގޮތުން ތިހާމް ފާހަގަކުރި ގޮތުގައި ޑައިވް ކުރުމުގައި އަދި ހާއްސަ ގޮތެއްގައި ފަތުރުވެރިން ގޮވައިގެން ޑައިވް ކުރުމުގައި އެތަނެއްގައި ހެދިފައި އޮންނަ ގާނޫނު ތަކާއި ގަވައިދުތަކަށް ވެސް ބޯލަނބަންޖެހޭ ކަން ފާހަގަކުރި އެވެ.

އެގޮތުން ފަތުރުވެރިން ގޮވައިގެން ޑައިވް ކުރުމުގައި ހާޢްސަ ހުއްދަ އޮންނަ ފަރާތްތަކުން މި ޑައިވް ކޮށްދިނުމާއި ދިއުމުގެ ކުރިން ބްރީފިން ދިނުން އަދި އެމެޖެންސީ ހާލަތްތަކުގައި ކަންތައްތައް ކުރަންޖެހޭ ގޮތްތަކާއި، ކަންޑައެޅިފައިވާ ފުންމިނަށް ވުރެ އަޑިއަށް ނުދިއުން ފަދަ ކަންކަން ތިހާމް ފާހަގަކުރި އެވެ.

ވ. އަތޮޅުގައި ހިނގި ޑައިވިން ހާދިސާއާއި ގުޅިގެން "އެމް.ވީ. ޑޫކް އޮފް ޔޯކް" އުޅަނދުގެ އޮޕަރޭޓިންގ ލައިސަންސް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މިހާރު ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

ގެއްލުނު ފަތުރުވެރިން ހޯދުމުގެ މަސައްކަތް ބައްލަވާލެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުވެސް ވަނީ އެސަރަހައްދަށް ޒިޔާރަތްކޮށްފަ އެވެ. އަދި މި އޮޕަރޭޝަން ހިނގާ ނުހިނގާ ގޮތް ވަރަށް ގާތުން ބައްލަވާލައްވާފަ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk