logo

އައްޑޫ ވިޔަފާރިވެރިންގެ މައްސަލަ ހައްލުކޮށްދޭނީ މިސަރުކާރުން: ސައީދު

profile

ރިޟްވާން މޫސާ - 16 މޭ 2026 - 07:57

އައްޑޫ ސިޓީ ވިޔަފާރުވެރިންގެ ކަންބޮޑުވުންތަކލެއް އެބަހުރި ކަމަށާއި، ސަރުކާރުތެރެއިން އެ ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ދެ ދުވަހުގެ މުއްދަތަކަށް އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ އައްޑޫސިޓީ ބިޒްނަސް ޑައިލޮގް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ އައްޑޫ ސިޓީގެ ވިޔަފާރިވެރިންގެ ވަރަށް ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އަދި ވިދާޅުވީ އެ ވިޔަފާރިވެރިންނަށް މި ސަރުކާރުން ހައްލު ހޯއްދަވައިދެއްވާނެ ކަމަށެވެ.

އައްޑޫ ސިޓީގައި މިމަހުގެ 13 އިން 14 އަށް ކުރިއަށް ގެންދިޔަ އައްޑޫ ބިޒްނަސް ޑައިލޮގަކީ އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާ އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ގުޅިގެން އިންތިޒާމު ކުރި ދެދުވަހުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ އައްޑޫ ސިޓީ ހިތަދޫ ސްކޫލުގަ އެވެ.

މި ޕްރޮގްރާމުގައި އައްޑޫގެ ގިނަ އަދަދެއްގެ ވިޔަފާރިވެރިންނާއި އެކި ދައިރާތަކަށް ނިސްބަތްވާ ފަރާތްތަކުގެ އިތުރުން އައްޑޫސިިޓީ ކައުންސިލުންވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މި ޕްރޮގްރާމުގައި އައްޑޫގެ އިޤްތިޞާދީ ހާލަތާއި، އައްޑޫގެ އިޤްތިޞާދުގައި މިހާރު ދިމާވެފައި ހުރި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލާފައިވެ އެވެ. މީގެ އިތުރުން އައްޑޫގައި ކުރިއެރުވިދާނެ ދައިރާތަކާއި ވިޔަފާރިވެރިންގެ ކަންބޮޑުވުން ހުރި ކަންކަން ފާހަގަކޮށްފައިވެއެވެ. ހަމަ އެއާއެކު ސަރުކާރުގެ އެކި އިދާރާތަކުން ކުރަމުންދާ މަސައްކަތްތައް ވިޔަފާރިވެރިންނާއި ހިއްސާކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑޫގެ އިޤްތިޞާދު ހަރަކާތްތެރި ކުރުމަށް 3 އަހަރުގެ މުއްދަތަށް އިނާޔަތްތަކެއް ދިނުމަށް ނިންމާފައިވުމަށް ވިޔަފާރިތަކަށް ބޭނުންވާ އިނާޔަތްތައް ވިޔަފާރިވެރިން ވަނީ ހުށަހަޅާފައެވެ.

މިނިސްޓަރ ސަޢީދު ވަނީ މަހާސިންތާގެ ކާމިޔާބީ ވަޒަން ކުރުމަށް މުހިންމު ވަނީ އެއްކަރުދާސް ކުރެވޭ ސިޔާސަތުތައް ކަމަށާއި އެކަން ކުރުމަށް ޤާނޫނާއި ޤަވާއިދަށް ބަދަލުތައް ގެނެސްގެންވެސް އެކަން ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk