
"ބޮޑުތަކުރުފާނު މަގު ހެދުން" 3 ސެގްމެންޓެއްގެ 347 މީޓަރު ޝީޓްޕައިލް ކޮށްފި

ރިޟްވާން މޫސާ - 16 މޭ 2026 - 05:28
މާލޭ އުތުރުފަރާތުން ބޮޑުތަކުރުފާނުމަގުގެ މިހާރު ތަރައްޤީކުރަމުންދާ ސަރަހައްދު ޝީޓްޕައިލްކުރުމުގެ މަސައްކަތުގެ %66 މަސައްކަތް ނިންމާލައިފިއެވެ. މިއީ ޖުމްލަ 347 މީޓަރުގެ ސަރަޙައްދެކެވެ.
ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތުގެ ސެގްމެންޓް 1 އަދި ސެގްމެންޓް 2 ނިންމާފައިވާއިރު ސެގުމެންޓް 3 ގެ މަސައްކަތަކީ ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުން ފެށިގެން ގޮސް ރައީސް ފާލަން ޖެޓީ ނަމްބަރ އެކަކާއި ހިސާބަށެވެ. ސެގްމެންޓް 1 އަދި 2 ގައި މަސައްކަތްކޮށްފައިވާ ގޮތަށް ސެގެމްނެންޓް 3 ގެ ވެސް މަގު ހަދައި ނިމޭއިރު އެސަރަހައްދުން ދަތުރުފަތުރު ކުރުމަށް ފަސޭހަ ކުރުމުގެ ގޮތުން މަގު ފުޅާކުރެ އެވެ.
އެމްޓީސީސީން ބުނީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ނަރުދަމާ އާއި ފެން ހޮޅި އެޅުމުގެ މަސައްކަތްތައް ނިންމާލާފައިވާކަމަށެވެ.
މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ނަރުދަމާ އަޕްގްރޭޑްކުރުމާއި، ކުއީވޯލް ސައިޑް ކަރބްސްޓޯން އިންސްޓޯލްކުރުމާއި ކޭބަލް ޖަންކްޝަންތަކާއި، ސްޓޯމްވޯޓަރ އިންސްޓޯލްކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.
މި މަސައްކަތްތައް ހަފްތާއެއްގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ. އަންނަ ހަފުތާގައި ތާރު އެޅުމުގެ ކުރިން ސަބް ބޭސް ތައްޔާރުކުރުމާއި، އޭބީސީ އެޅުން ފަދަ މަސައްކަތްތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކީވޯލް ކެޕިންގ ކޮންކްރީޓް އެޅުމުގެ މަސައްކަތް އަންނަ ހަފުތާގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި، މިއީ މަގުގެ ދުވާރު ހެދުމުގެ މަސައްކަތަށް މަގުފަހިވެގެންދާނެ މުހިންމު މަސައްކަތެއް ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. މިހާރު ތާރު އެޅުމަށް ތައްޔާރުކޮށްފައިވާ ސެގްމެންޓު 5ގައި ގަސް އިންދުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށްވެސް އެމްޓީސީސީން ވިދާޅުވެއެވެ.
ތިންވަނަ ސެގްމެންޓުގައި މަގުން ބޭރަށް ބައެއް ހިއްކާ ބޮޑު ޕާކިން ޒޯނެއް ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ. އެތަނުގައި 500 ސައިކަލު ޕާކު ކުރެވޭ ޖާގައިގެ ޕާކިން ޒޯނެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. ޕާކިން ޒޯނަށް ބަނދަރުގެ ތެރެއިން ގާތްގަނޑަކަށް 98 މީޓަރު ދިގު، 28 މީޓަރު ފުޅާ ސަރަހައްދެއް ވަނީ ހިއްކާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޑައިވަރުން ގެއްލުން: އުޅަނދުގެ އޮޕަރޭޓިންގ ލައިސަންސް ހިފަހައްޓައިފި
2 ގަޑިއިރު ކުރިން
އަދީބު މިނިވަންކުރީ އަޅުގަނޑު، ނަމަވެސް ގެއްލުނު ފައިސާ މި ސަރުކާރަށްވެސް ހޯދެންވާނެ: ރައީސް ސޯލިޙް
2 ގަޑިއިރު ކުރިން

އަޅުގަނޑުމެން ވެސް ގޯސް ހެދިން! އެކަމަކު މި ސަރުކާރުގެ ކަންތައް މިދަނީ މާ މައްޗަށް!
12 ގަޑިއިރު ކުރިން

ޑައިވަރުން ހޯދުމުގެ މަސައްކަތް ޚާއްޞަ އިސްކަމެއްދީގެންދަނީ ކުރާނަން: ރައީސް
13 ގަޑިއިރު ކުރިން


.gif&w=3840&q=75)