logo

ޑައިވަރުން ހޯދުމުގެ މަސައްކަތް ޚާއްޞަ އިސްކަމެއްދީގެންދަނީ ކުރާނަން: ރައީސް

profile

ރިޟްވާން މޫސާ - 15 މޭ 2026 - 18:06

ވ. އަތޮޅުގައި ފީނަންގޮސް އުޅެނިކޮށް ގެއްލިފައިވާ އިޓަލީވިލާގެ ރައްޔިތުން ހޯދުމުގެ މަސައްކަތް ޚާއްސަ އިސްކަމެއްދެއްވައިގެން ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ވ.އަތޮޅުގައި ފީނަން ގޮސްއުޅެނިކޮށް އިޓަލީވިލާތުގެ 5 މީހަކު ގެއްލުނު ޙާދިސާގައި އިޓަލީގެ ސަރުކާރަށާއި އިޓަލީ ރައްޔިތުންނާއި އެޙާދިސާގައި ގެއްލުނު ފަރާތްތަކުގެ ޢާއިލާތަކަށް ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައެވެ.

https://wamco.com.mv/

ރައީސުލް ޖުމްހޫރިއްޔާ ވަނީ ޑައިވިނަށް ގޮސްގެން އުޅެނިކޮށް ގެއްލިގެން ހޯދަމުންދާ 4 މީހުންގެ ހޯދުމުގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލެއްވުމަށް އެމްއެންޑީއެފް އާއެކު އެސަރަހައްދަށް ދަތުރުވެސް ކުރައްވާފަ އެވެ. ރައީސް ގެ މި ދަތުރުފުޅުގައި ދާހިލީ ވަޒީރާއި ދައުލަތުގެ ބައެއް އިސް ފަރާތްތަކުން ވެސް ވަނީ ބައިވެރިވެފަ އެވެ.

އިޓަލީގެ ރައްޔިތުންތަކެއް، ވ. އަތޮޅުގައި ފީނަންގޮސް އުޅެނިކޮށް ހިނގި ޙާދިސާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ އިޓަލީގެ ރައީސް ސަރޖިއޯ މަޓަރެއްލާއާއި އިޓަލީ ރައްޔިތުންނަށް ތަޢުޒިޔާ ފޮނުއްވާފައެވެ.

އަދި މިޙާދިސާގެ އަޑުއެއްސެވީ ފުންހިތާމައާއެކުގައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދިވެހީންގެ ހެޔޮދުޢާ ގެއްލިފައިވާ ފަރާތްތަކާއި، އެފަރާތްތަކުގެ ޢާއިލާއާއެކުގައިވާކަމަށެވެ.

ވ.އަތޮޅުގައި ފީނުމަށް ޚާއްސަ ސަރަޙައްދެއްގައި ފީނަން ގޮސްއުޅެނިކޮށް ގެއްލިފައިވަނީ އިޓަލީގެ 5 ރައްޔިތުންނެވެ. މިހާތަނަށް އެކެއްގެ ހަށިގަނޑު ފެނިފައިވާއިރު އަނެއް 4 މީހުން ހޯދުމަށް އެމްއެންޑީއެފްގެ ރެސްކިއު ޓީމުންދަނީ ހަރަކާތްތެރިވަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk