
އަޅުގަނޑުމެން ވެސް ގޯސް ހެދިން! އެކަމަކު މި ސަރުކާރުގެ ކަންތައް މިދަނީ މާ މައްޗަށް!

ރިޟްވާން މޫސާ - 15 މޭ 2026 - 18:54
ތިން ރައީސުންގެ ވެރިކަމުގައި ވެސް ގޯސްތަކެއް ހެއްދެވިފައިވާ ކަމަށާއި، ނަމަވެސް މިހާރު ވެރިކަމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު އުޅުއްވަނީ ސީދާ ދިމާ އިދިކޮޅަށް ކަމަށާއި ހިތުހުރިހައި ގޮތަކަށް އުޅުމުގެ ޖާގަ ނުދެއްވާނެ ކަމަށް ރާއްޖޭގެ ކުރީގެ ތިން ރައީސުން ވެސް ބުނެފި އެވެ.
މީގެ ކުރިން ރާއްޖޭގެ ވެރިކަން ކުރެއްވެވި 3 ރައީސުން ކަމަށްވާ ރައީސް ނަޝީދު އާއި، ރައީސް ޔާމީންގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ވެސް މިރޭ ވަނީ ސިއްރު ބައްދަލުވުމެއް ބާއްވާފަ އެވެ.
ނޫސްވެރިންނަށް ދައުވަތު ދެއްވައިގެން ނޫސްވެރިން އެ ތަނަށް ވަޑައިގަތުމުން ސިއްރިޔާތުގައި ވަކިން ތިން ބޭފުޅުން ވެސް ބައްދަލުކުރައްވާފައިވަނީ ގަޑިއިރަކަށްވުރެ ދިގުކޮށެވެ.
ސިއްރު ބައްދަލުން ނިންމާލުމަށްފަހު 3 ރައީސުން ވެސް ނޫސްވެރިންނާއި، ބައްދަލުކުރުމަށްފަހު ވަނީ އެބޭފުޅުން ނިންމެވީ ރައީސް ޑރ މުއިއްޒުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ ގާނޫނު އަސާސީ އާއި ޙިލާފު ކަންކަން ހުއްޓުވުމަށެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، އެމަނިކުފާނާއި، ރައީސް ޔާމީން އަދި ރައީސް ޞާލިޙަށް ވެސް ވެރިކަން ކުރެއްވިއިރު "ގޯސް ހެއްދެވުނު" ކަމަށެވެ. އެހެންނަމަވެސް މިއަދު ގައުމުގެ ހައްގުގައި ތިން ބޭފުޅުން ވެސް އެކުގައި ނުކުމެވަޑައިގަތީ ބަލަން "ތިބެވެން ނެތުމުން" ކަމަށް ވިދާޅުވިއެވެ.
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، ރައީސް މުހައްމަދު ނަޝީދާއި، އަދި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު، އެބޭފުޅުންގެ މެދުގައި ހުރި ސިޔާސީ ޚިޔާލުތަފާތުވުންތައް އެއްފަރާތް ކުރެއްވުމަށްފަހު، ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އިޔާދަކުރުމަށް ގުޅިގެން މަސައްކަތްކުރެއްވުމަށް ނިންމެވި އެވެ.
ތިން ރައީސުން ވެސް ވަނީ މުރާހަރާ ކުރަން މަގުމައްޗަށް ނުކުންނަން ޖެހިއްޖެނަމަ އެކަން ވެސް ކުރަން އެބޭފުޅުން ތައްޔާރަށް ތިއްބެވި އެވެ.
ގުޅުން ހުރި ޙަބަރުތައް

ޑައިވަރުން ހޯދުމުގެ މަސައްކަތް ޚާއްޞަ އިސްކަމެއްދީގެންދަނީ ކުރާނަން: ރައީސް
4 ގަޑިއިރު ކުރިން

އިޓަލީގެ ޑައިވަރުން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ރައީސް ބައްލަވާލައްވައިފި
4 ގަޑިއިރު ކުރިން
ވިސާ އަކާއި ނުލައި ދިވެހިންނަށް ސޭޝެލްސްއަށް ދަތުރުކުރުމުގެ ފުރުސަތު ލިބިއްޖެ!
11 ގަޑިއިރު ކުރިން

ގައުމުގެ އިޖުތިމާއީ ފޭރާން ރަގަޅުކުރެވޭނީ ބަދަހި އާއިލާތަކަކުން: ރައީސް
11 ގަޑިއިރު ކުރިން


.gif&w=3840&q=75)