
ޑައިވަރުން ގެއްލުން: އުޅަނދުގެ އޮޕަރޭޓިންގ ލައިސަންސް ހިފަހައްޓައިފި

އައިމިނަތު ޒައިބާ - 16 މޭ 2026 - 04:56
ވ. އަތޮޅުގައި ހިނގި ޑައިވިން ހާދިސާއާއި ގުޅިގެން "އެމް.ވީ. ޑޫކް އޮފް ޔޯކް" އުޅަނދުގެ އޮޕަރޭޓިންގ ލައިސަންސް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ސަސްޕެންޑްކޮށްފިއެވެ.
ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ 5 ޑައިވަރުން ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ، އެމްއާރުސީސީއަށް ލިބުނީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު 13:45 ހާއިރެވެ. އެ މަޢުލޫމާތު ލިބުމާއެކު އެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފްއިން ވަނީ ފަށާފައެވެ.
މި ޙާދިސާއާ ގުޅިގެން ފަތުރުވެރިކަމާބެހޭ ވުޒާޒާއިން ވިދާޅުވީ، "އެމް.ވީ ޑިއުކް އޮފް ޔޯކް" އުޅަނދުގެ އޮޕަރޭޓިންގ ލައިސަންސް ވަކި މުއްދަތެއް ނެތް ގޮތަށް ހިފަހައްޓާފައިވާކަމަށެވެ.
މި ޙާދިސާގައި ގެއްލިފައިވަނީ އެ އުޅަނދުން ޑައިވިންގއަށް ދިޔަ އިޓަލީގެ ޑައިވިންގ އިންސްޓްރަކްޓަރަކާއި، 4 ޑައިވަރުންނެވެ. އޭގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ ޑައިވިންގ އިންސްޓްރަކްޓަރުގެ ހަށިގަނޑެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ އެމީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށެވެ.
މި ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ކޭވްއެއްގެ ބޭރުންނެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ކޭވްގެ ތެރޭގައިކަމަށް އެމްއެންޑީއެފްއިން ވަނީ ވިދާޅުވެފައެވެ.
މި ހާދިސާގެ ސީރިއަސްކަމަށް ބަލައި، ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވަނީ އެ އުޅަނދުގެ ހުއްދަ ބާތިލުކޮށްފައެވެ. އަދި މި ދަތި ދަނޑިވަޅުގައި ފަތުރުވެރިންގެ އާއިލާތަކަށް ވުޒާރާއިން ހަމްދަރުދީ ފޮނުވާފައިވާއިރު، މީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަސައްކަތް ބަލައިގަންނަކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ، ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކެއްގެ ޒިންމާއެއްކަމަށެވެ. އަދި ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. މިފަދަ މިންގަނޑުތައް ދެމެހެއްޓުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާނެކަމަށްވެސް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ޑައިވަރުން ގެއްލުނު ކަމަށްބެލެވޭ މި ކޭވް ހިމެނޭ ސަރަޙައްދަކީ އާންމުކޮށް ރާއްޖެ އަންނަ ފަތުރުވެރިންނާއި، ޑައިވަރުންވެސް ޑައިވްކޮށް އުޅޭ ސަރަޙައްދަށްވުރެ ފުން، އަދި ޚާއްސަ އާލާތްތަކެއް ހިފައިގެން ނޫނީ ޑައިވްކުރެވޭ ހިސާބެއްނޫނެވެ. ކޭވް ފެށެނީ 45 މީޓަރު އަޑިންނެވެ. އަދި ކޭވްއިން ނިކުމެވޭއިރު 60 މީޓަރު އަޑިއަށް ދެވެއެވެ. ޑައިވަރުން ހޯދުމަށްޓަކާ އެމްއެންޑީއެފްގެ ކޯސްޓްގާޑުން އަންނަނީ ހައި ރިސްކު އޮޕަރޭޝަނެއް ހިންގަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

"ބޮޑުތަކުރުފާނު މަގު ހެދުން" 3 ސެގްމެންޓެއްގެ 347 މީޓަރު ޝީޓްޕައިލް ކޮށްފި
33 މިނިޓު ކުރިން
އަދީބު މިނިވަންކުރީ އަޅުގަނޑު، ނަމަވެސް ގެއްލުނު ފައިސާ މި ސަރުކާރަށްވެސް ހޯދެންވާނެ: ރައީސް ސޯލިޙް
ގަޑިއިރެއް ކުރިން

އަޅުގަނޑުމެން ވެސް ގޯސް ހެދިން! އެކަމަކު މި ސަރުކާރުގެ ކަންތައް މިދަނީ މާ މައްޗަށް!
11 ގަޑިއިރު ކުރިން

ޑައިވަރުން ހޯދުމުގެ މަސައްކަތް ޚާއްޞަ އިސްކަމެއްދީގެންދަނީ ކުރާނަން: ރައީސް
12 ގަޑިއިރު ކުރިން


.gif&w=3840&q=75)