logo

އަދީބު މިނިވަންކުރީ އަޅުގަނޑު، ނަމަވެސް ގެއްލުނު ފައިސާ މި ސަރުކާރަށްވެސް ހޯދެންވާނެ: ރައީސް ސޯލިޙް

profile

ރިޟްވާން މޫސާ - 16 މޭ 2026 - 04:55

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ނައިބްރައީސްކަން ކުރެއްވި އަހުމަދު އަދީބު ހިޔާނާތުގެ މައްސަލައިގައި ޖަލުގައި އޮންނަވަނިކޮށް ދޫކޮށްލެއްވީ އެމަނިކުފާނު ކަމަށާއި، ނަމަވެސް ތުހުމަތު ކުރެވޭ ޙިޔާނާތުގެ ފައިސާ މި ސަރުކާރަށްވެސް ހޯއްދެވެންޖެހޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ރައީސް ސޯލިޙް ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ކުށް ސާބިތުވެފައިވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބަށް މައާފު ދީ މިނިވަން ކުރި ނަމަވެސް، ދައުލަތަށް ގެއްލުނު ފައިސާ ހޯދުމަށް މިހާރުގެ ސަރުކާރަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ރައީސް މުހައްމަދު ނަޝީދާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޞާލިޙް ވިދާޅުވީ އަދީބަށް ލުއިދިނުމުގައި އަމަލުކޮށްފައި ވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

އެގޮތުން، އެމަނިކުފާނުގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ މައްސަލަ ތަހުގީގު ކުރުމަށް ކޮމިޝަނެއް އުފައްދައި، ތަހުގީގުތައް ނިންމައި ބައެއް ފަރާތްތައް ޝަރީއަތަށް ފޮނުވިކަން ފާހަގަކުރެއްވިއެވެ. އަދި އަދީބަށް ލުއި ދިނުމުގެ ކުރިން، އޭނާ ހުކުމުގެ ބޮޑު ބައެއް ތަންފީޒު ކޮށްފައިވޭތޯއާއި ކަރެކްޝަންސްގެ ލަފަޔަށް ބަލާފައިވާނެ ކަމަށް ވިދާޅުވިއެވެ.

ޞާލިޙް ވިދާޅުވީ އަދީބުގެ އިތުރުން އެހެން ފަރާތްތަކަށް ވެސް ގާނޫނީ އިމުގެ ތެރެއިން ލުއިތައް ދީފައިވާނެ ކަމަށެވެ. އަދި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތަކީ ހުއްޓިފައި އޮންނަންޖެހޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk