
ކަނޑުމަތީގެ ހާދިސާއެއްގެ ތެރެއިން އެހީތެރިވަނީ
އެމެރިކާ އިން ހިފެހެއްޓި ބޯޓުގައި ތިބި އީރާނުގެ ރައްޔިތުން ސަލާމަތް ވެއްޖެ!

ރިޟްވާން މޫސާ - 16 މޭ 2026 - 08:18
މެދުއިރުމަތީގެ ހަމަނުޖެހުންތަކެއް އޮތް މި ދުވަސްވަރުގައި ބައިނަލް އަގުވާމީ ކަނޑުގެ ސަރަހައްދަކުން އެމެރިކާއިން އަތުލައިގަތް ބޯޓެއްގައި ތިބި އީރާނުގެ ރައްޔިތުންނާއި، ޕާކިސްތާނުގެ ރައްޔިތުން ސަލާމަތް ވެއްޖެ އެވެ.
ޕާކިސްތާނުގެ ރަސްމީ ނޫސް އެޖެންސީތަކުން ވަނީ އެކަން ކަށަވަރުވެސް ކޮށްދީފަ އެވެ.
އެމެރިކާއިން ހިފެހެއްޓި ބޯޓުގައި ތިބީ އީރާނަށް ނިސްބަތްވާ 20 މީހަކާއި، ޕާކިސްތާނަށް ނިސްބަތްވާ 11 މީހެކެވެ. މި ބޯޓު ހިފަހައްޓާފައިވަނީ ކޮން ސަބަބަކާއި ގުޅިގެން ކަމެއް އެމެރިކާއިން ހާމަކޮށްފައެއް ނުވެ އެވެ.
އެ ބޯޓުން މީހުން ސަލާމަތްކޮށް އެނބުރި ގައުމަށް ފޮނުވުމުގެ މަސައްކަތް ކޮށްފައިވަނީ ޕާކިސްތާނުގެ ސަރުކާރުންނެވެ. ބޯޓުން ދަތުރުކުރި އެންމެންގެ ހާލުވެސް ރަގަޅު ކަމަށް ޕާކިސްތާނުގެ ނޫސް އެޖެންސީތަކުން ރިޕޯޓްކޮށްފައިވެ އެވެ.
ޕާކިސްތާނުގެ ފަރާތުން އެ ޤައުމާއި އީރާނުގެ ރައްޔިތުން ޤައުމަށް އަނބުރާ ގެނައުމުގެ މަސައްކަތް ކޮށްފައި މި ވަނީ އެ ޤައުމަކީ އީރާން-އެމެރިކާ މައްސަަލައިގައި ވަކި ފަރާތަކަށް ނުޖެހޭ މެދުވެރިއެއްގެ ގޮތުގައި އޮތުމަށް އެ ޤައުމުން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ. އެ ޤައުމުން ދަނީ ދެ ޤައުމާއެކު ވެސް މުވާސަލާތު ކުރަމުންނެވެ.
މީހުން ސަލާމަތްކޮށް އެނބުރި ގައުމަށް އެމީހުން ފޮނުވާލި ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު، އިސްހާޤް ދާރު ކަށަވަރުކޮށްދީފައިވާއިރު ދާރު ވިދާޅުވީ ޤައުމުން ބޭރުގައި ތިބި ޕާކިސްތާނުގެ ރައްޔިތުން، ޚާއްޞަކޮށް އުނދަގޫ ޙާލަތެއްގައި ތިބި މީހުންގެ ދުޅަހެޔޮކަމަކީ ސަރުކާރުން އެ ކަމަށް ޚާއްޞަ ސަމާލު ކަމެއް ދޭ ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ ޕާކިސްތާނުގެ ބެލުމުގެ ދަށުން ޕާކިސްތާނަށާއި އީރާނަށް ގެންދާ 31 މީހުުންގެ ވެސް ޙާލު ރަނގަޅު ކަމަށެވެ. ޕާކިސްތާނުގެ ރައްޔިތުން ޤައުމަށް އަނބުރާ ގެނެސްފައި ވަނީ ސިންގަޕޫރާއި ބެންގކޮކް މަގުން ކަމަށާއި، ހަމަ އެ މަގުން އީރާނުގެ ރައްޔިތުން އެ މީހުންގެ ޤައުމަށް އަނބުރާ ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ކޭވް އަށް ދިޔަ ފަތުރުވެރިން މަރުވީ އޮކްސިޖަން ހުސްވެ ގޭސްވިހަވެގެން ކަމަށް ބެލެވޭ: ޑައިވް ޓީޗަރ ތިހާމް
2 ގަޑިއިރު ކުރިން

އައްޑޫ ވިޔަފާރިވެރިންގެ މައްސަލަ ހައްލުކޮށްދޭނީ މިސަރުކާރުން: ސައީދު
2 ގަޑިއިރު ކުރިން

"ބޮޑުތަކުރުފާނު މަގު ހެދުން" 3 ސެގްމެންޓެއްގެ 347 މީޓަރު ޝީޓްޕައިލް ކޮށްފި
5 ގަޑިއިރު ކުރިން

ޑައިވަރުން ގެއްލުން: އުޅަނދުގެ އޮޕަރޭޓިންގ ލައިސަންސް ހިފަހައްޓައިފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)