
ޝިއާއުގެ މަރު! ދެންއޮތީ ހުކުމް އިއްވުން!

ރިޟްވާން މޫސާ - 16 އޯގަސްޓު 2026 - 14:49
ހ. ޝީރީންވިލާގައި 2022 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ހަ ވަނަ ދުވަހުގެ ރޭ، ފުވައްމުލަށް، ކުރި، ޝިއާއު މުޙައްމަދު ސަޢީދު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު މައްސަލައިގައި ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާހިލްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑު އެހުންތައް، ކްރިމިނަލް ކޯޓުން ނިންމާލައިފިއެވެ.
ޝާހިލްގެ މައްޗަށް ފަސް ދައުވާއެއް އުފުލާފައި ވެއެވެ. މި މައްސަލަތަކުގެ އަޑު އެހުންތައް ކުރިއަށް ގެންދިޔައީ އާއްމުކޮށް ހުޅުވާނުލައެވެ. ޝާހިލްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން ބައެއް ދައުވާތަކުގެ ބާވަތްވެސް އޮތީ ސިއްރުކޮށްފައެވެ.
އަޑު އެހުންތައް ނިމުނީ މިދިޔަ ހަފްތާގައެވެ. އެންމެ ފަހުން އޮތީ ހުލާސާ ބަޔާން އިއްވުމެވެ. ދެން އޮންނާނީ މި މައްސަލައިގައި ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމެވެ. އެއަށް ފަހު، ކުށް ސާބިތުވާނަމަ އަދަބު ކަނޑައަޅާނެއެވެ.
ޝިއާއު މަރާލައި ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދީފައި އޮއްވައި ފެނުނު މައްސަލައިގައި ޝާހިލް ހައްޔަރުކުރީ ކުށުގެ ވެށިންނެވެ. އެ މައްސަލައިގައި ފުލުހުން އޭރު ބުނިގޮތުގައި، ޝިއާއު މަރާލުމަށް ފަހުގައި ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން ހާމަވެއެވެ. އަދި ޝިއާއު މަރަށް ހުށަހެޅިގެން ދިޔައީ، އެ އަނިޔާތަކުގެ ސަބަބުންކަން ރިޕޯޓުން އެނގޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޝާހިލްގެ ފަރާތުން ތަހުގީގަށް މާބޮޑު އެއްބާރުލުމެއް ނުލިބޭ ކަމަށް ކުރިން ފުލުހުން ބުންޏެވެ. ޝަރިއަތުގައިވެސް އޭނާގެ ފަރާތުން އެއްބާރު ލުމެއް ނުލިބޭ ކަމަށް ކުރިން މައުލޫމާތު ލިބުނެވެ. އަދި ވަކީލުންނާވެސް ވާހަކަ ނުދައްކާތީ ފަހުން މައްސަލަ ކުރިއަށް ގެންދިޔައީ ވަކީލަކާވެސް ނުލައެވެ.
ގުޅުން ހުރި ޙަބަރުތައް

އިގްތިސާދީ ހާލަތާއި ގުޅޭ މުހިންމު މައުލޫމާތުތައް ހިއްސާ ކުރަން އެމްއެމްއޭއިން އެދިގެން ކޮމެޓީ ސިއްރުކޮށްފި
6 ގަޑިއިރު ކުރިން

ޓެކްސީ ލައިންގެ އެޕް ހެކެއް ނުކުރެވޭ. މައުލޫމާތުތައް ލީކުކޮށްލީ މުއައްޒަފެއް: އެމްޓީސީސީ
6 ގަޑިއިރު ކުރިން
.jpg&w=3840&q=75)
ކަރެކްޝަންގެ މުއައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދޭނަން: އިޙްސާން
9 ގަޑިއިރު ކުރިން

ޓްރެވަލް އެވޯޑްސްގެ އެނާޖީ ޕާޓްނަރަކަށް އެސްޓީއޯ ހަމަޖައްސައިފި
13 ގަޑިއިރު ކުރިން


