logo

ޓްރެވަލް އެވޯޑްސްގެ އެނާޖީ ޕާޓްނަރަކަށް އެސްޓީއޯ ހަމަޖައްސައިފި

profile

އާމިނަތު ޝަޒްލާ - 16 އޯގަސްޓު 2026 - 07:05

ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ "ވޯލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝިއޭނިއާ އެންޑް އިންޑިއަން އޯޝަން 2026" ގެ އޮފިޝަލް އެނާޖީ ޕާޓްނަރެއްގެ ގޮތުގައި އެސްޓީއޯ އެނާޖީ ހަމަޖައްސައި، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

https://wamco.com.mv/

މި އެއްބަސްވުމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޝަރަފުވެރި ރަސްމިއްޔާތަށް ވާންޖެހޭ އެންމެހައި ތައްޔާރީތަކުގެ ތެރެއިން ވެވުނު މުހިންމު އެއްބަސްވުމެކެވެ. މި ޕާޓްނަޝިޕް އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރު އޮފް ބިޒްނަސް ޑިވެލޮޕްމަންޓް އައިޝަތު ޝިރާނީ ނާސިރެވެ. އަދި އެސްޓީއޯ އެނާޖީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖަރު އޮފް ސޭލްސް އެންޑް މާކެޓިން އަހްމަދު ރިފްއަތެވެ.

މި ހަފްލާގެ އޮފިޝަލް އެނާޖީ ޕާޓްނަރުގެ ގޮތުގައި އެސްޓީއޯ އެނާޖީ ހަމަޖެހިގެން ދިއުމާއެކު، ހަފްލާ އަމާންކަމާއި އޮމާންކަމާއެކު ކުރިއަށްގެންދިއުމަށް ބޭނުންވާ އިތުބާރުހުރި ހަކަތައިގެ ވަސީލަތްތައް އެ ކުންފުނިން ފޯރުކޮށްދޭނެއެވެ. އަދި މިފަދަ ގާބިލު، އިތުބާރުހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ ފޯރުކޮށްދޭ ކުންފުންޏެއްގެ ބައިވެރިވުމާއެކު، ހަފްލާގެ އޮޕަރޭޝަނަލް އެންމެހައި ކަންކަން އިތުރަށް ހަރުދަނާވެ، ފުރިހަމަކަމާއެކު އިންތިޒާމުކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ވީއެމްސީން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އެސްޓީއޯ އެނާޖީ ފަދަ ރާއްޖޭގެ ބޮޑެތި ކުންފުނިތަކާއެކު ވެވޭ ޕާޓްނަޝިޕްތަކުގެ ސަބަބުން، ދެމެހެއްޓެނިވި ވަސީލަތްތަކާއި އޮޕަރޭޝަނަލް ގާބިލުކަން އެއްކޮށްލުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް ވީއެމްސީން ވިދާޅުވިއެވެ. މިއީ ބައިނަލްއަގުވާމީ މިފަދަ ބޮޑެތި ހަރަކާތްތައް ރާއްޖޭގައި ކާމިޔާބުކަމާއެކު ބޭއްވުމަށް ލިބިގެންދާ ވަރަށް ބޮޑު ބާރެކެވެ.

ވީއެމްސީން އިތުރަށް ވިދާޅުވީ، މިފަދަ ގުޅުންތަކުގެ ސަބަބުން އެކި ދާއިރާތަކުގެ ދެމެދުގައި އޮންނަ ގުޅުމާއި ސިނާޖީ ވަރުގަދަވެގެންދާ ކަމަށެވެ. އަދި ދުނިޔޭގެ ފެންވަރުގެ މިފަދަ ބޮޑެތި ހަފްލާތައް އިންތިޒާމުކުރުމުގައި ރާއްޖޭގެ ކުންފުނިތަކަށް އަމަލީގޮތުން ބައިވެރިވެ، އެ ކުންފުނިތަކުގެ ގާބިލުކަން ދައްކާލުމުގެ އަގުހުރި ފުރުސަތު މިކަމުގެ ސަބަބުން ފަހިވެގެންދާނެއެވެ.

https://wamco.com.mv/
tel:+9607331319