logo

ޓެކްސީ ލައިންގެ އެޕް ހެކެއް ނުކުރެވޭ. މައުލޫމާތުތައް ލީކުކޮށްލީ މުއައްޒަފެއް: އެމްޓީސީސީ

profile

ރިޟްވާން މޫސާ - 16 އޯގަސްޓު 2026 - 14:47

އެމްޓީސީސީން ތަރައްގީކުރި "މާލެ ޓެކްސީ ލައިން" އެޕްލިކޭޝަން ހެކުކޮށްފައިނުވާ ކަމަށާއި އާންމުންގެ ޒާތީ މައުލޫމާތުތައް ލީކުކުރީ، އެ ކުންފުނީގެ މުވައްޒަފެއްކަން އެނގިފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުނެފިއެވެ.

https://wamco.com.mv/

ޓެކްސީ ލައިންގެ އެޕަކީ ގާތްގަނޑަކަށް 13 ވަރަކަށް މިލިއަން ދިވެހި ރުފިޔާ ހޭދަކޮށްގެން އުފައްދާފައިވާ އެޕްލިކޭޝަނެކެވެ.

މީސް މީޑިޔާގެ އެކި މަންސަތަކުގައި ވަނީ ޓެކްސީ ލައިންގައި މަސައްކަތް ކުރާ ޑްރައިވަރުންނާއި، އާންމު ފަރާތްތަކުން ޓެކްސީ ހޯދުމުގެ ބޭނުމުގައި ކޮށްފައިވާ މެސެޖުތަކާއި ބައެއް ޒާތީ މައުލޫމާތުތައް ލީޚުވެފަ އެވެ.

މީގެ އިތުރުން ޑްރައިވަރުންގެ ނަންތަކާއި ނަމްބަރުތައް ވެސް ބަދަލުވެފައިވާ ކަން ލީކުވެފައިވާ މައުލޫމާތުތަކުން އެނގެ އެވެ.

ސޯޝަލް މީޑިއާއަށް ލީކުކޮށްލި މައުލޫމާތުތަކުގެ ތެރޭގައި އެޕްލިކޭޝަން ބޭނުންކުރި އާންމު ރައްޔިތުންގެ ޒާތީ ސިއްރު މައުލޫމާތުތަކާއި ނަމާއި ފޯނު ނަންބަރާއި ވޮލެޓު އައިޑީ އަދި އީމެއިލް އެޑްރެސް ހިމެނެއެވެ.

އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓެކްސީ ލައިން ހެކް ކުރުމަށް ދެކެވެމުން އަންނަ ވާހަކަތާއެކު އާންމުންގެ އީމެއިލް އެޑްރެސް ފޯނު ނަމްބަރު ފަދަ ޒާތީ މައުލޫމާތު ލީކުކޮށްލި މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް ފާހަގަކުރެވިފައިވާ ގޮތުން އެކަން ކޮށްފައިވަނީ އެކުންފުނީގެ މުއައްޒަފެއްކަން އެނގޭ ކަމަށެވެ.

"މިގޮތުން، ޓެކްސީ އެޕުގެ ބެކްގްރައުންޑުގައި ހުރި ޒާތީ މައުލޫމާތުތަކަށް ބަދަލު ގެނެސް، ލީކުކޮށްލީ އެ ކުންފުނީގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފެއްކަން އެތެރޭގެ ތަހުގީގަކުން އެނގިފައިވޭ" ބަޔާނުގައި ބުނެފައިވެ އެވެ.

ނަމަވެސް މި މައުލޫމާތު ލީކުކޮށްލީ ކޮން ފަރާތަކުން ކަމެއް އަދި އެއްވެސް މީހެއްގެ ނަމެއް އަދި މިކަމުގެ ފަހަތުގައި އުޅެނީ ކިތައް މީހުން ކަމެއް އަދި އެމްޓީސީސީން ހާމަކޮށްފައެއް ނުވެ އެވެ.

https://wamco.com.mv/
tel:+9607331319