.jpg&w=3840&q=75)
ކަރެކްޝަންގެ މުއައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދޭނަން: އިޙްސާން

ރިޟްވާން މޫސާ - 16 އޯގަސްޓު 2026 - 11:25
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ މުއައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.
އަލީ އިހްސާން މިފަދައިން ވިދާޅުވީ ކަރެކްޝަނަލް ސަރވިސްގެ 55 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ހުޅުމާލޭ ޖަލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާންއެވެ.
މިނިސްޓަރގެ އިތުރުން، ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޞަބާޙް، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް އަލްއުސްތާޛް ޝުއައިބު ޢަބްދުއްރަހްމާން، އިންސްޕެކްޓަރ އޮފް ކަރެކްޝަންސް އަލްއުސްތާޛާ ޢާޝަޔަތު ޝިޢުނާ، ޖަލުތަކުގެ ޑިރެކްޓަރުންނާއި ކޮމިޝަންޑް އޮފިސަރުން އަދި މުވައްޒަފުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.
މި ރަސްމިއްޔާތުގައި ދުވަހުގެ ތަޙުނިޔާ ދެންނެވުމަށްފަހު، ވާހަކަފުޅު ދައްކަވަމުން މައިގަނޑު ގޮތެއްގައި މިނިސްޓަރ އަލިއަޅުވާލެއްވީ ކަރެކްޝަންސްގެ އޮފިސަރުންނާއި މުވައްޒަފުންގެ ހެލްތް އިންޝުއަރަންސް ސްކީމް ރަނގަޅުކޮށްދެއްވާނެ ކަމުގެ ވާހަކައިގެ މައްޗަށެވެ.
މިނިސްޓަރ ވިދާޅުވީ މުވައްޒަފުންގެ ހެލްތް އިންޝުއަރަންސް ސްކީމް ރަނގަޅުކޮށްދެއްވާނެ ކަމަށާއި، މުވައްޒަފުންނަށް ލިބެންޖެހޭ މަޤާމުގެ ކުރިއެރުންތައް ލިބޭނޭގޮތް ހަމަޖައްސަވައި ދެއްވާނެކަމަށާއި، ސަރުކާރުގެ ސްކީމްތަކުން ކަރެކްޝަންސްއަށް ބޯހިޔާވެހިކަން ލިބޭނޭ ފުރުޞަތު ހޯދައިދެއްވާނެ ކަމަށެވެ.
މީގެ އިތުރުން ސަރުކާރުން މާލެ ސަރަޙައްދުގައި އަދި ކ. ހިންމަފުށީގައި އައު ކަރެކްޝަނަލް ފެސިލިޓީއެއް ޤާއިމުކުރުމަށް ބަޖެޓް ހަމަޖައްސަވައި ދެއްވާފައިވާކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.
ގުޅުން ހުރި ޙަބަރުތައް

ޝިއާއުގެ މަރު! ދެންއޮތީ ހުކުމް އިއްވުން!
7 ގަޑިއިރު ކުރިން

އިގްތިސާދީ ހާލަތާއި ގުޅޭ މުހިންމު މައުލޫމާތުތައް ހިއްސާ ކުރަން އެމްއެމްއޭއިން އެދިގެން ކޮމެޓީ ސިއްރުކޮށްފި
7 ގަޑިއިރު ކުރިން

ޓެކްސީ ލައިންގެ އެޕް ހެކެއް ނުކުރެވޭ. މައުލޫމާތުތައް ލީކުކޮށްލީ މުއައްޒަފެއް: އެމްޓީސީސީ
7 ގަޑިއިރު ކުރިން

ޓްރެވަލް އެވޯޑްސްގެ އެނާޖީ ޕާޓްނަރަކަށް އެސްޓީއޯ ހަމަޖައްސައިފި
15 ގަޑިއިރު ކުރިން


