
އިގްތިސާދީ ހާލަތާއި ގުޅޭ މުހިންމު މައުލޫމާތުތައް ހިއްސާ ކުރަން އެމްއެމްއޭއިން އެދިގެން ކޮމެޓީ ސިއްރުކޮށްފި

ރިޟްވާން މޫސާ - 16 އޯގަސްޓު 2026 - 14:49
ރާއްޖޭގެ އިގުތިޞާދީ ހާލަތާއި މަނިޓަރީ ސިޔާސަތުގެ ދަށުން މަރުކަޒީ ބޭންކު އެމްއެމްއޭން އަޅައިފައިވާ ފިޔަވަޅުތައް ހިއްސާކުރުމަށް ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އެޖެންޑާކޮށްފައި ވަނީ ރާއްޖޭގެ އިގުތިޞާދީ ހާލަތާއި މަނިޓަރީ ސިޔާސަތުގެ ދަށުން އެމްއެމްއޭން އަޅައިފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކޮށް މަޝްވަރާކުރުމެވެ.
ރައްޔިތުންގެ މަޖިލީހުގައި މި ބައްދަލުވުން ނުވަތަ ކޮމެޓީ ސިއްރުކުރަން އެދުނީ ވެސް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މެންބަރެކެވެ. މި ބައްދަލުވުން ސިއްރުކުރުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު މަމްދޫޙް ޔޫނުސެވެ. ގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު ޙަނާން މުޙައްމަދު ރަޝީދުގެ ތާއީދު ލިބުނު މި ހުށަހެޅުން މާލިއްޔަތު ކޮމިޓީން ފާސްކުރީ ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ފާހަގަކުރެވޭ ގޮތުގައި މި މަހުގެ ހަ ވަނަ ދުވަހު އެމްއެމްއޭން ވަނީ، ރާއްޖޭގެ އިގުތިޞާދުގައި ދައުރުވާ ރުފިޔާ މަދުކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފައެވެ
މީގެ އިތުރުން، އަންނަ އަހަރުގެ ނިޔަލަށް ކޮންމެ ތިން މަހަކުން އެމްއެމްއޭގެ ބޯޑުން މާކެޓު މުރާޖައާކުރުމަށްފަހު ރުފިޔާގެ އެމްއާރުއާރު މަޑުމަޑުން އިތުރުކުރަމުން ގޮސް، އަންނަ އަހަރުގެ ނިޔަލަށް އެ އަދަދު 13 އިންސައްތައަށް މަތިކުރުމަށް ވެސް ވަނީ އަމާޒު ހިފައިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޝިއާއުގެ މަރު! ދެންއޮތީ ހުކުމް އިއްވުން!
7 ގަޑިއިރު ކުރިން

ޓެކްސީ ލައިންގެ އެޕް ހެކެއް ނުކުރެވޭ. މައުލޫމާތުތައް ލީކުކޮށްލީ މުއައްޒަފެއް: އެމްޓީސީސީ
7 ގަޑިއިރު ކުރިން
.jpg&w=3840&q=75)
ކަރެކްޝަންގެ މުއައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދޭނަން: އިޙްސާން
10 ގަޑިއިރު ކުރިން

ޓްރެވަލް އެވޯޑްސްގެ އެނާޖީ ޕާޓްނަރަކަށް އެސްޓީއޯ ހަމަޖައްސައިފި
15 ގަޑިއިރު ކުރިން


