
ފަލަސްތީނުގައި ބިނާކޮށްފައި ހުރި މިސްކިތެއް
ދިވެހިންގެ އެހީގައި އަޅާ ފުރަތަމަ މިސްކިތް ފަލަސްތީނުގައި!

އަހުމަދު ޒަލީފު - 14 އޭޕްރީލު 2023 - 17:05
ދިވެހިންގެ އެހީގައި ފަލަސްޠީނުގައި މިސްކިތެއް އެޅުމަށް އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން މޯލްޑިވްސް އިން ހުޅުވާލައިފި އެވެ.
މިއީ އިންސާނީ އެހީ ދިނުމަށް މަސައްކަތް ކުރާ ރާއްޖޭގެ ޖަމިއްޔާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)ގެ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.
އައިއޭސީން ބުނީ މިއީ އެ ޖަމިއްޔާއިން ހިންގާ ތަޖްރީގެ ޕްރޮޖެކްޓްގެ ތެރެއިން ހިންގާ ޕްރޮޖެކްޓެއް ކަމަށެވެ. ތަޖްރީގެ ތެރެއިން ހަަތަރު މިސްކިތެއް އެޅުމަށް ނިންމާފައިވާ އިރު އޭގެ ތެރެއިން އެއް މިސްކިތަކީ ފަލަސްތީނުގައި އަޅާ މިސްކިތެކެވެ.
ތަޖްރީގެ ދަށުން ޖުމްލަ ހަތަރު މިސްކިތެއް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ. ތަޖްރީ އަކީ ކޮންމެ ވަގުތަކުވެސް ކޮންމެ އަދަދެއްވެސް ދެއްވޭނެ ދެމިގެންދަނިވި ޞަދަޤާތުގެ ފަންޑެކެވެ.
ދިވެހިންގެ ނަމުގައި ފަލަސްޠީނުގައި އެޅިގެންދާނެ ފުރަތަމަ މިސްކިތް އިންޝާﷲ. ❤🥰
.
ތަޖްރީގެ ތެރެއިން މިހާރު އިއުލާން ކުރެވިފައިވާ ޕްރޮޖްކްޓް ތަކުގެ ތެރޭގައި ދިވެހިންގެ ހިތުގައި ހާއްސަ ލޯތްބެއް ޖެހިފައިވާ އަޅުގަނޑުމެންގެ ފަލަސްޠީނުގައި ބިނާކުރެވޭނެ މިސްކިތެއް ވާނީ ހިމަނާފައި.
3… pic.twitter.com/yNnIU5EwpP
— International Aid Campaign (@IACMaldives) April 13, 2023
އައިއޭސީ މޯލްޑިވްސްގެ އުންމީދަކީ މި ހިނގާ ރަމަޟާން މަސް ނިމުމުގެ ކުރިން މި ހަތަރު މިސްކިތަށް ފަންޑު ލިބި މަސައްކަތް ފެށުމެވެ.
މި މިސްކިތްތައް އެޅުމަށް އެހީދޭން ބޭނުންވާ ފަރާތްތަކުން ފައިސާ ޖަމާ ކުރާނީ 7770000062741 އެކައުންޓް ނަމްބަރަށެވެ.
އަޅުގަނޑުމެންގެ އުންމީދަކީ މި ހިނގާ ރަމަޟާން މަސް ނިމުމުގެ ކުރިން މި ހަތަރު މިސްކިތަށް ފަންޑްލިބި މަސައްކަތް ފެށުން - އައިއޭސީން ބުނެ އެވެ.
ގުޅުން ހުރި ޙަބަރުތައް

ޤަޠަރުގެ އަމީރު، ރައީސް އާއި ބައްދަލުކުރައްވައިފި
13 ގަޑިއިރު ކުރިން

ތިނަދޫ ސިޓީ "އާބާދީ 60" ޖަލްސާއަށް ރައީސްއާ ކުރީގެ ރައީސުންނަށް ދަޢުވަތު ދެނީ
14 ގަޑިއިރު ކުރިން

ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
14 ގަޑިއިރު ކުރިން

މިފްކޯއިން ކަނޑުއޮތްގިރީގައި ހިކިމަސް ކާރުޚާނާއަކާއި އައިސް ޕްލާންޓެއް ހުޅުވައިފި
16 ގަޑިއިރު ކުރިން


.gif&w=3840&q=75)