
ޣައްޒާ ހުސްކޮށްލަން މިދެމީހުން އަތުކުރިއޮޅާލައިފި، ނަތަންޔާހޫ ބުނީ ފަލަސްތީނު މިނިވަން ދައުލަތެއް އުފެއްދިޔަ ނުދޭނޭ ކަމަށް

ސައިފް އަޒުހަރު - 08 ޖުލައި 2025 - 05:35
އޮކްޓުބަރު 7 ގައި ކަންކަން ވެގެން ގޮސްފައިވާގޮތުން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުމުގެ އިސްރާއީލުން ނުދޭނޭ ކަމަށް، މުޖުރިމު ނަތަންޔާހޫ ބުނެފިއެވެ.
ނަތަންޔާހޫ މިހެން ބުނެފައިވަނީ، އެމެރިކާއަށް މިހާރު ކުރަމުންގެންދާ ދަތުރުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކޮށް، ޓްރަމްޕާއެކު ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެމުންނެވެ.
މުޖުރިމު ނަތަންޔާހޫ ބުނީ، އޭނާގެ މުޅި ސިޔާސީ ހަޔާތް ހޭދަކުރީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމާ ދެކޮޅު ހެދުމުގައި ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް އޮތް ތާނގައިވެސް ކުރިއަށް ގެންދާނޭ ކަމަށް ވެސް ބުނެފައި ވެއެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ކައިރީގައި ހުރެ ނަތަންޔާހޫ ބުނީ، ޣައްޒާއިން މީހުން ހުސްކޮށް، އެމީހުން ގެންގޮސް އާބާދުކުރާނެ ގައުމުތައް ހޯދުމަށް އެމެރިކާއާއި އިސްރާއީލުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ބުނެފައިވަނީ، ފަލަސްތީނުގެ މިނިވަން ދައުލަތެއް ދުވަހަކުވެސް އޮންނާނެ ކަމެއް އޭނާއަށް ނޭނގޭ ކަމަށެވެ.
ނަތަންޔާހޫއާއި ޓްރަމްޕް ވައިޓްހައުސްގައި ބާއްވަން ހަމަޖެހިފައި އޮތީ ޕްރައިވެޓް ޑިނަރއެއް ނަމަވެސް، ކުއްލިއަކަށް ނޫސްވެރިން ވައްދައި، ސުވާލުތަކަށް ޖަވާބު ދީފައި ވެއެވެ.
އަދި ނަތަންޔާހޫވަނީ، އެމެރިކާގެ ރައީސް ޓްރަމްޕަށް ދުނިޔޭގެ ސުލްހައިގެ އިނާމްދިނުމަށް އިސްރާއީލުން ޓްރަމްޕްގެ ނަން ހުށަހަޅާކަމުގެ ލިޔުންވެސް ޓްރަމްޕާ ހަވާލުކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

އެމެރިކާއަށް ފިނީގެ ތޫފާނެއް، 16 މީހުން މަރުވެއްޖެ
3 އަހަރު ކުރިން

އެމެރިކާ އާއި ޗައިނާގެ ޚާރިޖީ ގުޅުން ވަރުގަދަ ކުރުމަށް ދެ ޤައުމު ދެމެދުގައި މަޝްވަރާކޮށްފި
3 އަހަރު ކުރިން

އެމެރިކާ އާއެކު ނިއުކްލިޔާ މަސައްކަތްތައް ކުރުމަށް މަޝްވަރާ ކުރެވިއްޖެ- ދެކުނު ކޮރެއާ
3 އަހަރު ކުރިން

އެމެރިކާގެ ވައިގެ ސަރަހައްދުން ދަތުރުކުރި "ގޮތް ނޭނގޭ އެއްޗެއް" ވައްޓާލައިފި
2 އަހަރު ކުރިން