
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ގިނަ ހަރަކާތްތަކެއް

އައިޝަތު އިނާޝާ - 18 ޖުލައި 2025 - 11:49
ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވުމަށް ނިންމާފައިވާ ހަރަކާތްތައް މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް ކަލްޗަރ އެންޑް ހެރިޓޭޖުން އާންމުކޮށްފިއެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި މިނިވަން ދުވަހުގެ ހަރަކާތްތައް ޖުލައި މަހުގެ 28 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާނެއެވެ. އެގޮތުން، މިނިވަން ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ޖުލައި 26 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 06:00 ގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ކުރިއަށްދާނެއެވެ.
އެއަށްފަހު، މިނިވަން ދުވަހު ބާއްވާ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް އެ ދުވަހުގެ ހަވީރު 16:15 ގައި ޖުމްހޫރީ މައިދާނު ސަރަޙައްދުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތުގެ ދަށުން، އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑާއި، ދިވެހިރާއްޖޭގެ ގައުމީ ކެޑޭޓްކޯގެ ޕެރޭޑުގެ އިތުރުން، ސްކޫލްތަކުގެ ކުޅިވަރު އަދި ސަގާފީ އައިޓަމްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް ކަލްޗަރ އެންޑް ހެރިޓޭޖުން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑާއި ރާއްޖޭގެ ގައުމީ ކެޑޭޓްކޯގެ ޕެރޭޑާއި ރޫޓުމާޗު މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް ކުރިއަށްދާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. ހުޅުމާލޭގައި މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޖުލައި 27 ވާ އާދިއްތަ ދުވަހުގެ ހަވީރު 4:15 އިން ފެށިގެންނެވެ. އަދި، މި ހަރަކާތް ކުރިއަށްދާނީ މާލެ އަދި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައިކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިވަން ދުވަހުގެ ޙަރަކާތްތަކާއި ގުޅިގެން ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 08:30 ގައި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޖަަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ، ޒުވާނުންގެ މަރުކަޒުގެ މާލަމުގައެވެ. އެއަށްފަހު، ޖުލައި 27 ވަނަ ދުވަހުގެ ރޭ 08:30 ގައި މާލޭގެ ބޮޑެތި މަގުތަކުގައި މިނިވަން ދުވަހުގެ ފުޅަނދު ބުރު އޮންނާނެއެވެ. އަދި، ޖުލައި 28 ވަނަ ދުވަހުގެ ރޭ 08:30 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ވެސް މި ހަރަކާތް ކުރިއަށްދާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން