logo

އަޖޭގެ 'ރެއިޑް 2' ނެޓްފްލިކްސް އަށް

profile

އައިޝަތު އިބްރާހިމް - 26 ޖޫން 2025 - 11:52

ޑައިރެކްޓަރު ރާޖްކުމާރު ގުޕްތާ 2018 ގައި އަޖޭއާ އެކު ގެނެސްދިން "ރެއިޑް" ގެ ސީކްއެލް "ރެއިޑް 2" މިއަދުން ފެށިގެން ނެޓްފްލިކްސްއިން ބެލޭނެ ކަމަށް ބޮލީވުޑް ޚަބަރުތަށް ގެނެސްދޭ ނޫސްތަކުން ރިޕޯރޓްކޮށްފިއެވެ.

https://wamco.com.mv/

ބޮލީވުޑުން މި އަހަރުގެ މިހާތަނަށް ގެނެސްދިން އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ރެއިޑް 2" ގައިވެސް ފެނިގެންދަނީ އަޖޭ ދޭވްގަން އަދި ރިތޭޝް ދޭޝްމުކް ގެ އިތުރުން މިފަހަރު ވާނީ ކަޕޫރު ފެންނާނެއެވެ.

ނެޓްފްލިކްސްއިން ދެއްކުމަށް ހަމަޖެހިފައިވާއިރު ކުރީގެ ފިލްމާ އެއްފަދައިން މި ސީކުއެލް ވެސް ބިނާވެފައި ވަނީ އިންކަމް ޓެކްސް ޑިޕާޓްމަންޓުގެ އޮފިސަރުން އިންޓެލިޖެންސް އެޖެންސީތަކާ ގުޅިގެން ޚުދުމުހުތާރު ކުށްތައް ހުއްޓުވުމަށް ހިންގާ އިންކަމް ޓެކްސް ރެއިޑްގެ މައްޗަށެވެ.

Watch on YouTube

މިދިޔަ މަހުގެ 1 ގައި ސިނަމާތަކަށް ގެނައި މި ކްރައިމް ތުރިލާ އަކީ ބޮކްސް އޮފީހުގައި 243.06 ކްރޯޑް ރުޕީސް (28.2 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނު ފިލްމެކެވެ.

މި ފިލްމު އިއުލާނުކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. މުމްބާއީ، ރާޖަސްތާން، އުއްތަރަ ޕްރަދޭޝް އަދި ދިއްލީގައި 2024 ވަނަ އަހަރުގެ ފުރަތަމަ ހަފުތާގައި ޝޫޓިން ކުރިއަށް ގެންދިޔައެވެ.ރެއިޑް 2 ސިނަމާތަކުގައި ރިލީޒްކުރީ މެއި 1، 2025 ގައެވެ. މި ފިލްމަކީ ބޮކްސް އޮފީހުގައި ވިޔަފާރީގެ ގޮތުން ބޮޑު ކާމިޔާބީއެއް ހޯދި ފިލްމަކަށް ވުމުން، 2025 ވަނަ އަހަރުގެ ތިން ވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ހިންދީ ފިލްމުގެ ލިސްޓުގައި ފިލްމް ވަނީ ހިމެނިފައެވެ.

މި ފިލްމަކީ މި އަހަރު ރިލީޒްކުރި އަޖޭގެ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ ޖެނުއަރީގައި ރިލީޒްކުރި "އާޒާދު"އެވެ. އޭނަ ދެން އެންމެ އަވަހަށް ފެންނާނީ އަންނަ މަހުގެ 11 ގައި ރިލީޒްކުރާ "ސަން އޮފް ސަރުދާރު 2" އިންނެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay