logo

“ކިޑްސް އެތްލެޓިކްސް ޑޭ 2025” ކާމިޔާބުކަމާއެކު ނިންމާލައިފި

profile

އައިޝަތު އިނާޝާ - 17 މޭ 2025 - 16:45

ކްލަބް ރޭސަރސްއިން، އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަދި ޔުނިސެފް ގުޅިގެން ބޭއްވި "ކިޑްސް އެތުލެޓިކްސް ޑޭ" ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

https://wamco.com.mv/

އެއް ދުވަހަށް ކުރިޔަށް ގެންދިޔަ މި ހަރަކާތުގެ މަގްސަދަކީ ކުޑަކުދިންގެ މެދުގައި ދުޅަހެޔޮ އާދަތައް އާލާކުރުމަށް ހިތްވަރުދިނުމެވެ.

މިއަދު މެންދުރުފަހު ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ކުރިޔަށް ދިޔަ މި ހަރަކާތް ފައްޓަވާ ދެއްވީ ސްޕޯޓްސް މިނިސްޓަރު އަބުދުﷲ ރާފިއުއެވެ. ތުއްތު ކުދިން ޝައުގުވެރިވާ ކަހަލަ އެކި ކުޅިވަރުތައް ބޭއްވި މި ހަރަކާތުގައި ޖުމްލަ 250 އެތުލީޓުން ވަނީ ބައިވެރިވެފައެވެ. ހަރަކާތުގެ ކުޅިވަރުތަކުގެ ތެރޭގައި ދުވުމާއި، ބޯޅަ އެއްލުމާއި ބޯޅަ ހޮވުން އަދި ރިލޭ މެޗެއް ހިމެނެއެވެ.

"ކިޑްސް އެތްލެޓިކްސް ޑޭ 2025" ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އެވެ.

މި ހަރަކާތުގައި ބައިވެރިވި ހުރިހާ ކުދިންނަށް މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އިތުރުން، މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް އަބްދުﷲ ނާޒިމް އިބްރާހިމް، ސްޕޯޓްސް ކޮމިޝަނަރ މުޙައްމަދު ތޮލާލް، ޔުނިސެފުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޑޮކްޓަރ އެޑްވާޑް އަޑާއީ އަދި އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު މުޞްތަފާއެވެ.

"ކިޑްސް އެތުލެޓިކްސް ޑޭ 2025" އަކީ އުމުރުން 7 އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށް ބައިވެރިވެވޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ ހަރަކާތެކެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay