
ށ އަތޮޅުގައި ސްޕޯޓްސް ފިޝިންގ އަށް ހާއްސަ ކަނދުފައްޗެއް އަޅައިފި

މުޙައްމަދު ފަޟްލޫން - 12 އޭޕްރީލު 2025 - 10:24
ސްޕޯޓްސް ފިޝިންގ އަށް ހާއްސަކޮށްގެން ށ އަތޮޅުގައި ވަދު ކަނދުފައްޗެއް އަޅައިފިއެވެ.
މި ކަނދުފަތި އަޅާފައިވަނީ ށ ނަލަންދޫ އިރު ދެކުނުން 4 މޭލު ބޭރުގައެވެ.
ށ އަތޮޅުގައި ސްޕޯޓްސް ފިޝިންގ ކަނދުފައްޗެއް ޤާއިމުކުރުމާއި ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއާއި ށ. ފޭދޫ ކައުންސިލާއި ދެމެދު މަޝްވަރާކުރައްވާފައިވަނީ މިއަހަރުގެ ފެބުރުއަރީ މަހުއެވެ. ސްޕޯރޓްސް ފިޝިން ކަނދުފަތިތަކަކީ މިހާރު ވަރަށް ޑިމާންޑު ބޮޑު ކަނދުފަތިތަކެއްކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ބުނެއެވެ.
ވަދުކަނދުފަތިތައް އެޅުމުގެ މަސައްކަތް މަސްވެރިކަމާއި ބެހޭ ވުޒާރާގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާއިރު އެންމެ ފަހުން އެޅި ވަދުކަނދުފަތި އަޅާފައިވަނީ ގދ. ދިގެލާބަދޫގެ ހުޅަނގު ދެކުނުން 5 މޭލު ބޭރުގައެވެ.
ކަނދުފަތިތަކަކީ އޮއެވާލުގައި މަސް އަޅާ އުސޫލުން މަސައްކަތްކުރާ އެއްޗެކެވެ. ކަނދުފަތީގައި އަޅާ ހިޔަނީގެ ސަބަބުން، ކަނދުފަތީގެ ގާތަށް މަސް ޖަމާވެއެވެ. މިހެންވުމުގެ ސަބަބުން ކަނދުފަތީގެ ކައިރީގައި މަސްވެރިކަން ވަރަށް ބޮޑަށް ތިޔާގިވެގެންދެއެވެ.
ވަދު މަސްވެރިކަމަށް ހާއްސަ ކަނދުފަތި ފަރުމާކޮށްފައިވަނީ ދޮށީގެ މަސްވެރިކަމަށް ޚާއްސަކޮށްފައިވާ ކަނދުފަތިތަކާއި ވަކިކުރުމަށް ފަސޭހަ އަދި ހޯދަން ފަސޭހަވާ ގޮތަށް ރީނދޫ ކުލައިގައެވެ. މިކަނދުފަތިތައް ޤާއިމްކުރަނީ ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައެވެ.
ރާއްޖޭގައި 2 ބާވަތެއްގެ ކަނދުފަތި ވަނީ އަޅާފައެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށް އަޅާފައިވާ ދޮށީ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންއަށް އަޅާފައިވާ ވަދު ކަނދުފައްޗެވެ. ރާއްޖޭގައި މިވަގުތު އަޅާފައިވަނީ ދޮށީގެ މަސްވެރިކަމަށް އަޅާފައިވާ 65 ކަނދުފައްޗާއި ސްޕޯޓްސް ފިޝިންއަށް އަޅާފައިވާ 26 ކަނދުފަތިކަންވެސް ފާހަގަކޮށްލެވެެއެވެ.
މިވަގުތު ރާއްޖޭގައި ކަނދުފަތި ގާއިމްކުރާ ހަމައެކަނި ސެންޓަރު ހުރީ ހުޅުމާލޭގައެވެ. މަސްކަނދުފަތި އެޅުމާއި މަސް ކަނދުފަތިތަކަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން ށ ފުނަދޫ އާއި އައްޑޫގައި ކަނދުފަތި ގާއިމްކުރާ ސެންޓަރުތައް ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން