
ކަރިޝްމާގެ ކުރީގެ ފިރިމީހާ މަރުވެއްޖެ

އައިޝަތު އިބްރާހިމް - 14 ޖޫން 2025 - 07:34
90 ދިހައިގެ އަހަރުތަކުގައި ބޮލީވުޑްގައި ވިދުން ގަދަވެގެން ދިޔަ މަޝްހޫރު ތަރި ކަރިޝްމާ ކަޕޫރުގެ ކުރީގެ ފިރިމީހާ ސަންޖޭ ކަޕޫރު މަރުވެއްޖެއެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސޯނާ ކޮމްސްޓާ ލިމިޓެޑްގެ ޗެއާމަންގެ މަޤާމުގައި ހުރި ސަންޖޭ މަރުވީ ހާޓްއެޓޭކެއް ޖެހިގެން އިނގިރޭސިވިލާތުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. ހާޓްއެޓޭކެއް ޖެހުނު އިރު ސަންޖޭ އުޅުނީ ޕޯލޯ މެޗެއް ކުޅެން ކަމަށް ވެސް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
ޢުމުރުން 53 އަހަރުގެ ސަންޖޭ އަކީ އިންޑިޔާގެ ވެރި ރަށް ނިއު ދިއްލީ އަށް ނިސްބަތްވާ ވިޔަފާވެރިއެކެވެ.
އިންޑިއާގެ އެންމެެ ނުފޫޒު ގަދަ ފިލްމީ ޢާއިލާ ކަމަށްވާ ކަޕޫރް ޚާންދާނަށް ނިސްބަތްވާ ކަރިޝްމާއާއި ސަންޖޭ ކައިވެނިކުރީ 2003 ގައެވެ. އެ ކައިވެންޏަށް ދެ ކުދިން ވެސް ލިބިފައިވެއެވެ. ބޮޑެތި މައްސަލަތަކެއް ޖެހި އަދި ސަންޖޭގެ ފަރާތުން ކަރިޝްމާ އަށް އަނިޔާ ވެސް ލިބެމުން ދިޔަ ކަމަށް ބުނެ އެ މީހުން ކައިވެނި ރޫޅައިލީ 2016 ގައެވެ.
ކަރިޝްމާ އާއި ސަންޖޭ އަށް ލިބިފައިވާ ދެ ކުދިންނަކީ މިހާރު އުމުރުން 20 އަހަރުގެ ސަމައިރާ ކަޕޫރާއި 15 އަހަރުގެ ކިއާން ރާޖް ކަޕޫރެވެ.
ކަރިޝްމާއާ ވަކިވުމަށް ފަހު ސަންޖޭ ވަނީ ޕްރިޔާ ސަޗްދޭވް ކިޔާ މީހަކާ ކައިވެނިކޮށްފައެވެ. ނަމަވެސް އަލަތު ކައިވެނި ރޫޅުނު ފަހުން ކަރިޝްމާ އިތުރު ކައިވެންޏެއް ކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ދޭތެރެ ދޭތެރިން ކޮންމެވެސް މީހަކާ ގުޅުވާ ލޯބީގެ ގުޅުންތަކުގެ ވާހަކަ ފެންމަތިވަމުން އަންނަކަން ފާހަގަކުރެވެއެވެ.
ފިލްމީ ޚަބަރުތައް ރިޕޯޓްކުރާ މީޑިއާތަކުން ބުނާގޮތުގައި ސަންޖޭ ކަޕޫރުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ލިގަލް މައްސަލަތައް ފުރިހަމަކުރުމުގެ މަރުހާލާ ނިންމައި އިންޑިޔާއަށް ގެންނާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

އިޓަލީ ޑައިވަރުން ހޯދަނިކޮށް ހާލު ދެރަވި ސިފައިންގެ މީހާ ނިޔާވެއްޖެ
9 ގަޑިއިރު ކުރިން

އައ.ިއ.ޯޓ.ީސީ ގެ 30 ވަނަ ބައްދަލުވުން ކާމިޔާބުކަމާއެކު ނިންމާލައިފި
9 ގަޑިއިރު ކުރިން

އަމާޒަކީ ނޫސްވެރިކަމަށް ހުރި ހުރަސްތައް ގިރާ ކުރުމަށް ރައްޔިތުންނާ އެކު މަސައްކަތް ކުރުން: ރައީސް ނަޝީދު
9 ގަޑިއިރު ކުރިން

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ: މެޓް އޮފީސް
12 ގަޑިއިރު ކުރިން


.gif&w=3840&q=75)