
ދިއްގަރުގައި ހިންގި ދަނޑުވެރިކަމުގެ މަޝްރޫއުގެ ތެރެއިން---
ބީއެމްއެލްގެ އެހީތެރިކަމާއެކު ދިއްގަރުގައި ހިންގި ދަނޑުވެރިކަމުގެ މަޝްރޫއު ނިންމާލައިފި

ޖިނާން ޙުސައިން ޖަބީން - 22 ނޮވެމްބަރު 2026 - 12:21
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޭންކް ފަންޑުގެ އެހީގައި، މ. ދިއްގަރުގައި ކުރިއަށްގެންދިޔަ "ސަސްޓެއިނަބަލް އަރބަން ފާމިންގ ކޯޕަރޭޝަން މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލައިފިކަން އެ ބޭންކުން އިއުލާނުކޮށްފިއެވެ.
ބީއެމްއެލް އިން ފޯރުކޮށްދިން ދެލައްކަ ރުފިޔާގެ މާލީ އެހީތެރިކަމާއެކު "ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުން" ޖަމިއްޔާއިން ހިންގި މި މަޝްރޫއަކީ، ހައިޑްރޯޕޯނިކްސް އަދި ވާޓިކަލް ފާމިންގ ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތި އުފެއްދުން އިތުރުކުރުމުގެ މަގްސަދުގައި ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.
މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ރަށުގައި އުފައްދާ ތާޒާ މޭވާއާއި ތަރުކާރީ ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، މުޖުތަމައަށް ދަނޑުވެރިކަމުގެ އަމަލީ ތަޖުރިބާއާއި މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، އިގްތިސާދީ އައު ފުރުސަތުތައް ފަހިކޮށްދިނުމެވެ.
ބީއެމްއެލްގެ "ބޭންކް ފަންޑު" ގެ ދަށުން އެ ބޭންކުން ދަނީ ރާއްޖޭގެ ރަށްރަށުގެ ދެމެހެއްޓެނިވި ތަރައްގީއަށާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، މުޖުތަމައު ބާރުވެރިކުރުވުމަށް އެހީތެރިވެދޭ މިފަދަ މުހިންމު މަޝްރޫއުތަކަށް މެދުކެނޑުމެއްނެތި އެއްބާރުލުން ދެމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ވަރަ އެކްސްޕޯ 2026 ގެ ގޯލްޑް ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް
5 ދުވަސް ކުރިން

ބޮޑު ތަރުހީބަކާއެކު ބީއެމްއެލްގެ "ކާނިވާ 44" ނިންމާލައިފި
7 ދުވަސް ކުރިން

ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ ދުވަހާ ގުޅުވައިގެން 'ކާނިވާ 44' ބާއްވަނީ!
13 ދުވަސް ކުރިން

ބީއެމްއެލްގެ އައު ހެޑް އޮފީސް ހުޅުމާލޭގައި އިމާރަތްކޮށްދޭނެ ބަޔަކު ހޯދަނީ
17 ދުވަސް ކުރިން


