logo
ބީއެމްއެލްގެ މައި އިދާރާ---

ބީއެމްއެލްގެ މައި އިދާރާ---

ބީއެމްއެލްގެ އައު ހެޑް އޮފީސް ހުޅުމާލޭގައި އިމާރަތްކޮށްދޭނެ ބަޔަކު ހޯދަނީ

profile

ޖިނާން ޙުސައިން ޖަބީން - 06 ނޮވެމްބަރު 2026 - 08:17

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އައު ހެޑް އޮފީސް ހުޅުމާލޭގައި އިމާރާތްކޮށްދޭނެ ބަޔަކު ހޯދުމަށް އެ ބޭންކުން އިއުލާންކޮށްފިއެވެ.

https://wamco.com.mv/

މި މަޝްރޫއަކީ ބޭންކުގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ޒަމާނީ ފެންވަރެއްގައި ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ މަޝްރޫއެކެވެ. ސަރުކާރުގެ ގެޒެޓުގައި ބީއެމްއެލްއިން ޝާއިއުކޮށްފައިވާ މައުލޫމާތު ކަރުދާހުގައިވާ ގޮތުން، މި އިމާރާތް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އޮތް 2,648.40 އަކަމީޓަރުގެ ބިމެއްގައެވެ. މި މަޝްރޫއުގެ ދަށުން 60 މީޓަރުގެ އުސްމިނުގައި ޖުމްލަ 14 ފަންގިފިލާގެ އިމާރާތެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

ތިމާވެއްޓާ ރައްޓެހި އަދި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ޒަމާނީ އިމާރާތުގެ އެންމެ ތިރީ ފަންގިފިލާ ހާއްސަކޮށްފައިވަނީ ކަސްޓަމަރުންނަށާއި ބީއެމްއެލްގެ ރީޓެއިލް އައުޓްލެޓްތަކަށެވެ. މީގެއިތުރުން، ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށާއި މުވައްޒަފުންނަށް ފަސޭހަކަމާއެކު އުޅަނދު ޕާކުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، ކާރާއި ސައިކަލު ޕާކުކުރުމަށް ހާއްސަ ޖާގަތަކެއް ވެސް މި އިމާރާތުގައި ހިމަނާފައިވެއެވެ.

ބީއެމްއެލްއިން ބުނީ، މި މަޝްރޫއުގެ މަސައްކަތަށް ކުރިމަތިލާ ކުންފުނިތަކަކީ، މިފަދަ ބޮޑެތި އިމާރާތްކުރުމުގެ މަސައްކަތްތައް ކުރުމުގެ ފަންނީ އަދި މާލީ ގާބިލުކަން ހުރި ފަރާތްތަކަކަށް ވާންޖެހޭނެ ކަމަށެވެ. އެގޮތުން، ކުންފުނީގެ ފުރިހަމަ ތަފުސީލާއި، މީގެ ކުރިން ކޮށްފައިވާ މިފަދަ ބޮޑެތި މަސައްކަތްތަކުގެ ތަޖުރިބާ ހިމެނޭ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެ ކަމަށް ބޭންކުން ބުނެފައިވެއެވެ.

މި މަޝްރޫއު ކުރިއަށްގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީއެމްއެލްއިން ވަނީ، މިހިނގާ ނޮވެމްބަރު މަހުގެ 30 ވާ ހޯމަ ދުވަހުގެ ހަވީރު 16:00 ގެ ކުރިން އީއޯއައި ހުށަހެޅުމަށް ދައުވަތު އަރުވައިފައެވެ.

https://wamco.com.mv/
tel:+9607331319