logo
ބީއެމްއެލް އިން ކުރިއަށްގެންދިޔަ "ކާނިވާ 44" ގެ ތެރެއިން---

ބީއެމްއެލް އިން ކުރިއަށްގެންދިޔަ "ކާނިވާ 44" ގެ ތެރެއިން---

ބޮޑު ތަރުހީބަކާއެކު ބީއެމްއެލްގެ "ކާނިވާ 44" ނިންމާލައިފި

profile

ޖިނާން ޙުސައިން ޖަބީން - 15 ނޮވެމްބަރު 2026 - 10:34

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 44 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ "ކާނިވާ 44" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

https://wamco.com.mv/

މި މަހުގެ 11 އިން 14 ގެ ނިޔަލަށް މި ކާނިވާ ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު މި ކާނިވަލުގައި، އެކި އުމުރުފުރާތަކުގެ މީހުންނަށް އަމާޒުކޮށްގެން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކާއި، ކުޑަކުދިން ގަޔާވާނެ ގިނަ ކުޅިވަރުތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން، އެކި ބާވަތްތަކުގެ ތަކެއްޗާއި މީރު ކާބޯތަކެތި ވިއްކުމަށް ގިނަ އަދަދެއްގެ ސްޓޯލްތަކެއް ވެސް މި ކާނިވަލުގައި ބަހައްޓާފައިވެއެވެ.

މި ކާނިވަލަށް ޒިޔާރަތްކުރި ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ބީއެމްއެލް އިން ވަނީ ފަހިކޮށްދީފައެވެ. އެގޮތުން، ކާނިވަލުގެ ތެރެއިން 50 ރުފިޔާއިން މަތީގެ ސްވައިޕް ޓްރާންސެކްޝަނެއް ހެދި ކޮންމެ ފަރާތަކަށް ވެސް ހާއްސަ ލަކީޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލިއެވެ. ކާނިވާ ނިންމުމުގެ ރަސްމިއްޔާތުގައި، މި ލަކީޑްރޯއިން ހޮވުނު ނަސީބުވެރި ފަސް ފަރާތަކަށް މެކްބުކް ނިއޯއެއް އަދި ދެ ފަރާތަކަށް ބެޓެރީ ސައިކަލެއް ވަނީ ހަވާލުކޮށްފައެވެ.

ބީއެމްއެލް އިން ފާހަގަކުރި ގޮތުގައި، މި ކާނިވަލުގެ މައިގަނޑު މަގުސަދަކީ ބޭންކާއި ރައްޔިތުންނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި، އާއިލާތަކާއި މުޖުތަމައު އެއްވެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ފަހި މާހައުލެއް ގާއިމުކޮށްދިނުމެވެ. އަދި ހަމައެއާއެކު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ފަހިކޮށްދީ އެ ފަރާތްތަކަށް އެއްބާރުލުން ދިނުމަކީ ވެސް މި ހަރަކާތުގެ މުހިންމު ބޭނުމެކެވެ.

ބީއެމްއެލް އިން މީގެ ކުރިން ވެސް ވަނީ އެ ބޭންކަށް 40 އަހަރު ފުރުމާ ގުޅިގެން މާލެ ސަރަހައްދުގައި މިފަދަ ކާނިވަލެއް ބާއްވާފައެވެ. އަދި މިދިޔަ އަހަރު އައްޑޫ ސިޓީގައި ވެސް ކާމިޔާބު ކާނިވަލެއް އެ ބޭންކުން ވަނީ ކުރިއަށް ގެންގޮސްފައެވެ. މިފަދަ ކޮންމެ ހަރަކާތަކަށް ވެސް އާންމު ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކޮށްލެވެއެވެ.

https://wamco.com.mv/
tel:+9607331319