logo

2026 ގެ މާޗް 28 ގައި ލޯކަލް ކައުންސިލްގެ އިންތިހާބު ބާއްވަނީ

profile

މުޙައްމަދު ފަޟްލޫން - 19 އޮކްޓޯބަރު 2025 - 06:30

2026 ވަނަ އަހަރުގެ މާޗް މަހުގެ 28 ވަނަ ދުވަހު ލޯކަލް ކައުންސިލްގެ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ތާވަލުކޮށްފިއެވެ.

https://wamco.com.mv/

މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ލޯކަލް ކައުންސިލްގެ ކެންޑިޑެންސީ އަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 17 ވަނަ ދުވަހުކަމަށެވެ.

ޒާހިދު ވިދާޅުވީ އިލެކްޝަންސް އިން ލޯކަލް ކައުންސިލްގެ އިންތިހާބު ބާއްވަން ތާވަލުކޮށްފައިވަނީ 2026 ވަނަ އަހަރުގެ މާޗް މަހުގެ 28 ވަނަ ދުވަހުގައި ކަމަށެވެ.

ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަކީ އިދާރީ ގޮތުން އެންމެ ބުރަ އަދި އެންމެ ގިނަ ތައްޔާރީތަކެއް ވާންޖެހޭ އިންތިހާބެއްކަމުން ދުރާލާ ތައްޔާރުވުމުގެ ކަންކަން ކުރިއަށްގެންދާ ކަމަށް ޒާހިދު ވިދާޅުވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް 270 މުވައްޒަފުން ބޭނުންވާއިރު، މުވައްޒަފުން ނެގުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް ޒާހިދު ވިދާޅުވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ފެނިގެންދާނެ އެންމެ ބޮޑު ބަދަލަކީ ކެންޑިޑެންސީ ފޯމް ހުށަހެޅުމުގެ މަރުހަލާ ޑިޖިޓަލައިޒް ކުރެވިގެން ދިއުން ކަމަށް ޒާހިދު ވިދާޅުވިއެވެ.

މީގެ ކުރިން ކައުންސިލް އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުން ކަރުދާސް ފޯމު ހުށަހެޅި ނަމަވެސް މިފަހަރު އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުން ފޯމް ހުށަހަޅަން ޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށް ކަމަށް ޒާހިދު ވިދާޅުވިއެވެ. އަދި އެކަމަކީ އިދާރީ އިންތިޒާމްތައް ފަސޭހަ ކުރުމާއި ހަރަދުކުޑަކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށް ޒާހިދު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލްގެ އިންތިހާބަށް ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އާބާދީގެ ބޮޑު ސަރަހައްދުތަކަށް ބަލައިގެން 12 އަތޮޅެއް ހިމެނޭހެން 16 ރަށަކަށް ކޮމިޝަންގެ ޓީމްތައް ޒިޔާރަތްކޮށް ވޯޓްލުމުގެ މހިއްމު ކަމާއި އިންތިހާބާއި ގުޅިގެން ކޮންމެހެން އެނގެންޖެހޭ މައުލޫމާތުތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ޒާހިދު ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk