
މިނިސްޓަރު އާދަމް ޝަރީފުގެ ޝުކުރު ޑީއެމްއެމްއޭ އެކްސްޕްރެސް 5 ފުންކުރުމަށް މަސައްކަތްކުރެއްވި ފަރާތްތަކަށް

އައިޝަތު އިނާޝާ - 02 ސެޕްޓެމްބަރު 2025 - 06:57
ކުޅުދުއްފުށީ ބޮޑުމުޙައްމަދު ކަލޭގެފާނު ބަނދަރުގެ ހުޅަނގުފަރާތު ފަރަށް އެރި، ޑީއެމްއެމްއޭ އެކްސްޕްރެސް 5 ފުންކުރުމަށް މަސައްކަތްކުރެއްވި އެންމެހައި ފަރާތްތަކަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްށް އާދަމް ޝަރީފު ޢުމަރު ޝުކުރުއަދާކުރައްވައިފިއެވެ.
މިނިސްޓަރ ޝުކުރުއަދާކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝުކުރުއަދާކުރައްވާ މިނިސްޓަރ ކުރެއްވި މި ޕޯސްޓްގައި، ބޯޓު ފުންކުރުމަށް މަސައްކަތްކުރެއްވި ކުޅުދުއްފުށީ ޕަބްލިކް ވަރކްސް ޔުނިޓްގެ އެންމެހައި މުވައްޒަފުންނާއި، އެ ކަމުގައި ބައިވެރިވެ ލެއްވި ކުޅުދުއްފުށީ ސިޓީ އެންމެހައި ލޮބުވެތި ރައްޔިތުން ޝާމިލްކުރައްވާފައި ވެއެވެ.
ޑީއެމްއެމްއޭ އެކްސްޕްރެސް 5 ކުޅުދުއްފުށީ ފަރަށް އެރީ، ބޯޓުގައި ކެލައަށް ގެނައުމަށް ޓަކައި ބޯޓުގެ އިންޖީނު ރަނގަޅުކުރުމަށް ފަހު، 500 ކޭސް ފެންއަރުވައިގެން އާދިއްތަ ދުވަހު ކެލައަށް އައުމަށް ކުޅުދުންފުށިން ފުރިތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ބޯޓު ފަރަށް އެރީ ބޯޓުގެ އިންޖީނު ހުއްޓުމާ ގުޅިގެންނެވެ.
އެކްސްގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ކުރެއްވި މި ޕޯސްޓް ނިންމާލައްވާފައި ވަނީ މި ފަދަ ކޮންމެ ކަމަކުން ދިވެހިންގެ އެކުވެރިކަމާއި، އޯގާތެރިކަމާއި، އަޅައިލުން ފެންނަމުންދާ ކަމަށް ވިދާޅުވެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން