logo

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ކުޑަކުދިންގެ ހަވީރެއް ބާއްވައިފި

profile

އައިޝަތު އިނާޝާ - 12 ޑިސެމްބަރު 2025 - 14:41

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ފިޝަރީޒް މިނިސްޓްރީއާއި މިފްކޯ އަދި ދުވާފަރު ކައުންސިލުން ގުޅިގެން ކުޑަކުދިންގެ ހަވީރެއް މިއަދު ބާއްވައިފިއެވެ.

https://wamco.com.mv/

ކުޑަކުދިންގެ ހަވީރު، މިނިސްޓަރު އަހުމަދު ޝިޔާމް އާއި މިފްކޯގެ ސީއީއީ ފަރުހަތު ޝަހީރުގެ އިތުރުން ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ ވަނީ ބައްލަވާލައްވާފައެވެ.

ކުޑަކުދިންގެ ހަވީރު ކުރިއަށްގެންގޮސްފައި ވަނީ މިއަދު ހަވީރު 16:00 އިން އިރުއޮއްސި 18:00 އަށް ދުވާފަރު ފުޓުބޯޅަ ދަނޑު ސަރަހައްދުގައެވެ. މި ކުޑަކުދިންގެ ހަވީރުގައި ދުވާފަރުގެ ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވެއެވެ.

މި ކުޑަކުދިންގެ ހަވީރުގައި ކުދަކުދިން ޝައުގުވެރިވާފަދަ މަޖާ ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay